ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ވަރަށް ގިނަ މެންބަރުން ތިބީ ބަނގުރާ ހިއްޕަވައިގެން ކަމަށް ތުޙުމަތު ކުރެވޭކަމަށް ނޮޅިވަރަމް ދާއިރާގެ މަޖިލިސް މެންބަރ މުޙައްމަދު ނަޝީދު ޢަބްދުﷲ (މޮސްޓާ) ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގައި މިރޭ މެންދަމު ބޭއްވި ޖަލްސާ ހޫނުވެ، މެމްބަރުންގެ މެދުގައި ހަމަނުޖެހުން ހިންގައި، ބައެއް މެމްބަރުންނަށްވަނީ އަނިޔާވެސް ވެފައެވެ. މިޖަލްސާއަށްފަހު މޮސްޓާ ކުރެއްވި ޓުވީޓެއްގައި އިތުރަށް ބުނެފައިވަނީ މިތުޙުމަތުތަށް މޯލްޑިވްސް ޕޮލިސް ސާރވިސްއިން ބެލުމަށް ގޮވާލކަމަށެވެ.

Ad
rt

މިރޭ މަޖިލިސް ޖަލްސާގައި އެމްޑީޕީގެ ވަރަށް ގިނަ މެންބަރުން ތިބީ ބަނގުރާ ހިއްޕަވައިގެން ކަމަށް ތުޙުމަތު ކުރެވޭ، މިމައްސަލަ ބެލުމަށް މޯލްޑިވްސް ޕޮލިސް ސާރވިސް އަށް ގޮވާލަން

މޯލްޑީވް ޕޮލިސް ސާރވިސް އަދި ޕޮލިސް ކޮމިޝަނަރ އެމްސީ ހަމީދު ޓެގު ކުރައްވާ މޮސްޓާ ބުނެފައިވެއެވެ.

މިހާރު ތިބި ކައުންސިލަރުން ދެން އިންތިހާބެއް ބޭއްވެންދެން އެ މަގާމުގައި ތިބެވޭނެ ގޮތް ހެދުމަށް ގާނޫނު އަސާސީއަށް އިސްލާހު ގެނައުމަށް މިރޭ ބޭއްވި ޖަލްސާ ހޫނުވެގެން ދިޔައީ އިދިކޮޅު މައި ޕާޓީ ޕީޕީއެމްގެ ނައިބު ރައީސް، ނައިފަރު ދާއިރާ މެމްބަރު އަހްމަދު ޝިޔާމްގެ ނަން ރިޔާސަތުން އިއްވުމާ ހިސާބުންނެވެ.

ރިޔާސަތުން ނަން އިއްވުމާ އެކު ޝިޔާމް ބޭރަށް ނިކުމެވަޑައިނުގެން، ތަޅުމުގައި މަޑުކުރެއްވުމުން އެމްޑީޕީގެ ގިނަ މެމްބަރުންތަކެއް އޭނާ ނެރުމަށް މަސައްކަތް ކުރި އެވެ.

މިޖަލްސާގައި ކައުންސިލަރުންގެ ދައުރު ދަންމާލަން ސަރުކާރުގެ ފަރާތުން ބިލެތްދޫ ދާއިރާގެ މެމްބަރު ހުށަހަޅުއްވާފައިވާ ޤާނޫނު ނަމްބަރު 22/2019 (ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީއަށް 5 ވަނަ އިސްލާހް ގެނައުމުގެ ޤާނޫނު) އަށް އިސްލާހް ގެނައުމުގެ ބިލު ފާސްކުރުމަށް މިރޭ މެންދަމު 1:30 ގައި ފެށި މަޖިލިސް ޖަލްސާގައި ވަނީ ހަމަނުޖެހުމެއްވެސް ހިނގާފައެވެ.

މަޖިލީހުގައި ސުޕަ މެޖޯރިޓީއެއް އޮންނަ ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީގެ މަޖިލިސް މެމްބަރުންގެ އަދަދަކީ 65 މެމްބަރުންނެވެ. ނޮޅިވަރަމް ދާއިރާގެ މަޖިލިސް މެންބަރ މުޙައްމަދު ނަޝީދު ޢަބްދުﷲ (މޮސްޓާ) އަކީ އަމިއްލަ ގޮތުން މަޖިލިސް އިންތިހާބު ކާމިޔާބު ކުރެއްވި މެންބަރެކެވެ.