ހއ. ހޯރަފުށީ ރައްޔިތުންނާއި، ހޯރަފުށީ ދާއިރާގެ ރައްޔިތުންގެ މަޖިލިސް މެމްބަރު އަހުމަދު ސަލީމްގެ ފަރާތުން ހއ. ތަކަންދޫ ރައްޔިތުންނަށް ކާޑުގެ ބާވަތްތަކާއި ކެއުމަށް ބޭނުންކުރާ ތަކެތި ހަދިޔާކޮށްފި ކަމަށް ހޯރަފުށީ ކައުންސިލުން ބުނެފިއެވެ.

ހޯރަފުށީ ކައުންސިލުން ބުނީ ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމާއި، ހޯރަފުށީ ރައްޔިތުންގެ ނަމުގައި ތަކަންދޫ ރައްޔިތުންނަށް 15 ބަސްތާ ކާޑާއި 16 ބަސްތާ ފިޔާ އަދި 12 ކޭސް ބިސް ފޯރުކޮށްދީފައިވާ ކަމަށެވެ.

Ad
rt

ހޯރަފުށީ ކައުންސިލުންވެސް ވަނީ މިކަމުގައި އެރަށުގައި ހުންނަ އެސްޓީއޯ ފިހާރައިން ދިން އެއްބާރުލުން ފާހަގަކޮށް ޝުކުރު ދަންނަވާފައެވެ.

މީގެ ކުރިން ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމާއި، ހޯރަފުށީ ރައްޔިތުންވަނީ ހޯރަފުށީ ދާއިރާގެ އަނެއް ދެ ރަށް ކަމަށްވާ އުލިގަމާއި، ތުރާކުނަށްވެސް ކާބޯތަކެތި ހަދިޔާ ކޮށްފައެވެ. އަދި އިހަވަންދޫ ދާއިރާ ހިމެނޭ މޮޅަދޫއަށްވެސް ވަނީ އެހީތެރިވެދީފައެވެ.