ރޭ ފަތިހު އދ. މަހިބަދޫގައި ހިނގާފައިވާ އަލިފާނުގެ ހާދިސާގައި ލޯންޗުތަކުގައި ރޯކޮށްލީ ބައެއްގެ މުދާ ގަސްދުގައި ރޯކޮށްލުމަށް ކަމަށާއި، މިއީ ގަސްދުގައި ހިންގާފައިވާ އަމަލެއް ކަމަށް ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.

ޕޮލިސް ކޮމިޝަނަރު މިހެން ވިދާޅުވީ ނޭސަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި އެމްއެންޑީއެފް އާއި ފުލުހުން ގުޅިގެން މިރޭ ބާއްވާ ނޫސްވެރިންގެ ބައްދަލްވުމުގައެވެ.

Ad
rt

ސީޕީ ހަމީދު ވިދާޅުވީ، މިހާތަނަށް ފުލުހުން ކުރި ތަހުގީގުން އެ ހާދިސާ ހިންގާފައި ވަނީ ބަޔަކު ގަސްތުގައި އެ ތަކެތީގައި ރޯކޮށްލުމުން ކަން ކަށަވަރުވާ ކަމަށެވެ.

އެމްއެންޑީއެފުން ރޭ ފަތިހު ބުނީ މިހާދިސާ އެމްއެންޑީއެފް އަށް ރިޕޯޓު ލިބިފައިވަނީ ފަތިހު 5:45 ގައި ކަމަށެވެ. މިހާދިސާ ހިނގި ސަރަޙައްދުގައި މަހިބަދޫ ޕޮލިސްޓޭޝަނުންވެސް ހަރަކާތްތެރި ވަމުން އަންނަ ކަމަށް އެމްއެންޑީއެފުން ފަތިހު ބުންޏެވެ.

އެމްއެންޑީއެފްއިން މިއަދު ހެނދުނު ބުނީ ރޯވެފައިވާ ކަމަށް މަޢުލޫމާތު ލިބިފައިވަނީ ދެ ޑިންގީގައާއި، 5 ލޯންޗުގައި ކަމަށެވެ. އޭގެ ތެރޭގައި ޕޮލިސް ލޯންޗާއި، އަތޮޅު ކައުންސިލް ލޯންޗާއި، ސީ އެމްބިއުލާންސާއި އަދި އެޗްއެމްއެޗްއައި 1 އަދި 2 ހިމެނޭކަމަށް އެމްއެންޑީއެފުން ބުންޏެވެ.

މަހިބަދޫގައި ރޭ ފަތިހު ހިނގި އަލިފާނުގެ ހާދިސާގައި ރޯވި އަލިފާން ނިއްވާލީ މިއަދު ހެނދުނު 8:05 ގައިއެވެ.