ޔޫރޯ 2020، އަންނަ އަހަރަށް ފަސްރުމާއި މެދު ގޮތެއް ނިންމަނީ

5525

ކޮވިޑް-19 ގެ ސަބަބުން ޔޫރޯ ފުޓްބޯޅަ މުބާރާތް އަންނަ އަހަރަށް ފަސްކުރުމާއި މެދު އަންނަ އަންގާރަ ދުވަހު ޔުއެފާއިން ގޮތެއް ނިންމާނެ ކަމަށް ބޭރުގެ ނޫހަކުން ބުނެފިއެވެ.

އިނގިރޭސި ވިލާތުގެ ދަ ގާޑިއަން ނޫހުން ބުނެފައިވަނީ ކޮވިޑް-19 ގެ ސަބަބުން ޔޫރޯ ފުޓްބޯޅަ މުބާރާތް 2021 ވަނަ އަހަރަށް ފަސްކުރުމާއި މެދު އަންނަ އަންގާރަ ދުވަހު ޔުއެފާއިން ގޮތެއް ނިންމާނެ ކަމަށެވެ.

ޖޫން މަހު ފެށުމަށް ހަމަޖެހިފައިވާ ޔޫރޯ ފުޓްބޯޅަ މުބާރާތް މިއަހަރު ބޭއްވުމަށް ނިންމާފައިވަނީ ޔޫރަޕްގެ 12 ސިޓީއެއްގައެވެ. ވީޑިއޯކޮންފަރެންސް މެދުވެރިކޮށް އަންގާރަ ދުވަހު ބާއްވާ މި ބައްދަލުވުމުގައި ޔުއެފާގެ 55 މެމްބަރު ގައުމުންނާއި ޔޫރަޕުގެ ލީގުތަކުންނާއި ޔޫރަޕުގެ ކްލަބު އެސޯސިއޭޝަނުންނާއި ދުނިޔޭގެ ކުޅުންތެރިންގެ ޔޫނިއަން (ފިފްޕްރޯ) އިން މަންދޫބުން ބައިވެރިވާނެ އެވެ. މި ބައްދަލުވުމުގައި މުބާރާތް އަންނަ އަހަރަށް ފަސްކުރުން ގާތް ކަމަށް އެނޫހުގައި ރިޕޯޓުކޮށްފައިވެއެވެ.

ޖޫން 12 ވަނަ ދުވަހު ފަށަން ތާވަލުކޮށްފައިވާ އެ މުބާރާތުގެ ފުރަތަމަ މެޗްގައި އެއްކޮޅުން ބައްދަލުކުރަން ހަމަޖެފައިވަނީ ހަލުވި ކަމާއެކު ކޮވިޑް-19 ފެތުރެމުންދާ އިޓަލީ ވިލާތެވެ. ދެން ކުޅޭ އަނެއް ޓީމަކީ ތުރުކީ ވިލާތެވެ. މިމެޗް އޮންނާނީވެސް އިޓަލީ ވިލާތުގެ ވެރިރަށް ރޯމުގައެވެ.

ޔޫރަޕްގެ 24 ޤައުމުގެ ކުޅޭ އެ މުބާރާތް ބާއްވަން މިހާރު ތާވަލު ކޮށްފައިވަނީ މިއަހަރުގެ ޖޫން 12 އިން ޖުލައި 12 އަށެވެ.

2016 ވަނަ އަހަރު އޮތް ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަން ޓީމަކީ ޕޯޗުގަލްއެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *