ރާއްޖޭގެ 20 އަތޮޅެއްގައި ކަރަންޓީން އަދި އައިސޮލޭޝަން ފެސިލީޓީގެ ގޮތުގައި ޖުމްލަ 641 ޖާގަ މިހާރު ގާއިމްކޮށްފައިވާ ކަމަށް ސަރުކާރުން ހާމަކޮށްފި އެވެ.
އޭގެ ތެރޭގައި އުތުރު 3 އަތޮޅުކަމުގައިވާ ހއ. ހދ. އަދި ށ. އަތޮޅުގައި ވަނީ ކަރަންޓިން 123، އައިސޮލޭޝަން 74 ޖާގަ ގާއިމުކޮށްފައެވެ.
އުތުރުގެ 3 އަތޮޅުގެ ޖާގަ:
ހއ: ކަރަންޓިން 29، އައިސޮލޭޝަން 19
ހދ: ކަރަންޓީން 64، އައިސޮލޭޝަން 34
ށ: ކަރަންޓީން 30، އައިސޮލޭޝަން 21
ކޮވިޑް-19، އެމަޖެންސީ ރެސްޕޮންސް ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސަރުކާރުުގެ ތަރުޖަމާނު އަދި ރައީސް އޮފީހުގެ އަންޑަރ ސެކްރެޓަރީ މަބްރޫކު އަޒީޒު ވިދާޅުވީ، އެ އަދަދަކީ މިހާރު ކަރަންޓީން އަދި އައިސޮލޭޝަންގެ ގޮތުގައި ބޭނުން ކުރަމުން އަންނަ ފަރުކޮޅުފުއްޓާއި ވިލަވަރުގެ ކެޕޭސިޓީއާ ނުލާ ރާއްޖޭގެ އެކި އަތޮޅުތަކުގައި ޖާގައިގެ ގޮތުގައި ހުރި މިންވަރު ކަމަށެވެ.

އެހެން އަތޮޅުތަކުގެ ޖާގަ:
ނ: ކަރަންޓިން 19، އައިސޮލޭޝަން 16
ރ: ކަރަންޓިން 17، އައިސޮލޭޝަން 33
ބ: ކަރަންޓިން 42، އައިސޮލޭޝަން 41
ޅ: ކަރަންޓިން 12، އައިސޮލޭޝަން 5
ކ: ކަރަންޓިން 8، އައިސޮލޭޝަން 8
އއ: ކަރަންޓިން 10، އައިސޮލޭޝަން 9
އދ: ކަރަންޓިން 23، އައިސޮލޭޝަން 12
ވ: ކަރަންޓިން 4، އައިސޮލޭޝަން 9
މ: ކަރަންޓިން 9، އައިސޮލޭޝަން 12
ފ: ކަރަންޓިން 0، އައިސޮލޭޝަން 8
ދ: ކަރަންޓިން 6، އައިސޮލޭޝަން 8
ތ: ކަރަންޓިން 18، އައިސޮލޭޝަން 0
ލ: ކަރަންޓިން 28، އައިސޮލޭޝަން 22
ގއ: ކަރަންޓިން 16، އައިސޮލޭޝަން 8
ގދ: ކަރަންޓިން 14، އައިސޮލޭޝަން 12
ޏ: ކަރަންޓިން 4، އައިސޮލޭޝަން 2
ސ: ކަރަންޓިން 5، އައިސޮލޭޝަން 4
އެނޫސްވެެރިންގެ ބައްދަލުވުމުގައި މަބްރޫކު ވިދާޅުވީ، ވިލިވަރު ފެސިލިޓީގައި 100 އިތުރު އެނދު ގާއިމު ކުރުމުގެ މަސައްކަތް ކުރައްވަމުން ދާކަމަށާއި، އަދި ވެލިދޫ ރިސޯޓު ވަނީ މިކަމަށް ބޭނުން ކުރަން ނަގާފައި ކަމަަށެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކު އިތުރަށް ވިދާޅުވީ، ކަރަންޓީން ފެސިލިޓީގެ ގޮތުގައި ހުޅުލޭ އައިލެންޑް ހޮޓެލްވެސް ބޭނުން ކުރުމަށް އެ ހޮޓަލާ ވާހަކަ ދައްކަމުން އަންނަ ކަމަށެވެ.
ރާއްޖޭގައި ކޮރޯނާއަށް ޕޮޒިޓިވްވި މީހުންގެ އަދަދު މިހާރު ވަނީ ދިހައަކަށް އަރާފަ އެވެ. ފުރަތަމަ ރާއްޖޭގައި ޕޮޒިޓްވީ ކުރެއްދޫ ރިސޯޓްގެ ދެ މުވައްޒަފުންނެވެ. ފަހުން ޕޮޒިޓްވެފައިވަނީ ބަތަލާ ރިސޯޓްގެ އިޓަލީ ދެ ޓޫރިސްޓެކެވެ. އޭގެ ފަހުން ކުރެއްދޫން ދެ ޓޫރިސްޓަކަށް ވައިރަސް ވަނީ ޖެހިފަ އެވެ. ކުރެއްދޫގައި ކޮރޯނާ ފެތުރުނީ އެ ތަނުގައި ޗުއްޓީ ހޭދަކުރި ޓޫރިސްޓެއްގެ ފަރާތުންނެވެ. އެ ޓޫރިސްޓް މާލޭގައި ވެސް ދެ ދުވަހު މަޑުކުރި އެވެ. އެންމެ ފަހުން ވައިރަސް ފެނިފައިވަނީ ކުރަމަތި ރިސޯޓްގެ ދެ ޓޫރިސްޓެއްގެ ގައިންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!