ޤައުމީ ތަރައްޤީއަށް ޒުވާނުންކުރާ އަގުހުރި މަސައްކަތްތައް ފާހަގަކޮށް ހިތްވަރު ދިނުމުގެ ގޮތުން ދޭ "ޒުވާނުންގެ އެވޯޑު" އަށް ނަން ހުށަހެޅުމުގެ ފުރުސަތު އާންމުކޮށް ހުޅުވާލައިފިއެވެ.
މި އެވޯޑަކީ ޤައުމުގެ ތަރައްޤީގައި ޒުވާނުން އަދކުރާ މުހިންމު ދައުރު ފާހަގަކޮށް، ޒުވާނުންނަކީ މުޖުތަމޢުއަށް ފައިދާހުރި، އުފެއްދުންތެރި އަދި ޒިންމާދާރު ބަޔަކަށް ހެދުމަށް ބާރުއަޅައި ވާގިދިނުމުގެ ގޮތުން ދެމުން އަންނަ ޚާއްސަ އިނާމެކެވެ.
ސަރުކާރުން ކަނޑައަޅާފައިވާ ގޮތުގައި ކޮންމެ އަހަރެއްގެ އޮކްޓޯބަރު މަހުގެ 22 ވަނަ ދުވަ،ހަކީ ޤައުމީ ޒުވާނުންގެ ދުވަހެވެ. އެގ،ތުން 2025 އިން 2026 އަ،ށް ޒުވާނުންގެ އިނާމުގެ ގޮތުގ،އި ތަފާތު 22 ދާއިރާއަކު،ން އިނާމު ދިނުމަށް ވަނީ ކަނޑައެޅިފައެވެ. މި އެވޯޑު ލިބޭ ފަރާތްތަކަށް ޚާއްސަ އެވޯޑެއްގެ އިތުރުން ސެޓްފިކެޓެއް ދިނުމަށްވެސް ވަނީ ހަމަޖެހިފައެވެ.
މި އިނާމު ދިނުމަށް ކަނޑައަޅާފައިވާ ދާއިރާތަކުގެ ތެރޭގައި ވިޔަފާރިއާއި އިޤްތިޞާދީ ދާއިރާ، ކްރިއޭޓިވް އިކޮނޮމީގެ ދާއިރާ، އަދި ފަންނުވެރިކަމާއި ޘަޤާފަތްދިރުވުމުގެ ދާއިރާ ހިމެނެއެވެ. މީގެއިތުރުން މަސްތުވާތަކެއްޗާއި ދެކޮޅަށް މަސައްކަތުރުމުގެ ދާއިރާ، ނަފްސާނީގޮތުން ދުޅަހެޔޮ ސިއްޙަތެއް ބިނާކުރުމަށް މަސައްކަތުރުމުގެ ދާއިރާ، އަދި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ބާރުވެރިކުރުމަށް މަސައްކަތުރުމުގެ ދާއިރާއިންވެސް އެވޯޑަށް ނަން ހުށަހެޅޭނެއެވެ.
މި އެވޯޑު ދިނުމަށް ހަމަޖެހިފައިވާ އިތުރު ދާއިރާތަކުގެ ތެރޭގައި ދިވެހިބަސް ދިރުވާ އާލާކުރުމަށް މަސައްކަތުރުމުގެ ދާއިރާ، ފަތުރުވެރިކަމުގެ ދާއިރާ، ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ ދާއިރާ، ކުޅިވަރު ކުރިއެރުވުމަށް މަސައްކަތުރުމުގެ ދާއިރާ، އަދި ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓުވުމަށް މަސައްކަތުރުމުގެ ދާއިރާ ހިމެނެއެވެ. އަދި ހަށިހެޔޮ ދުޅަހެޔޮ ސިއްހަތެއް ބިނާކުރުމަށް މަސައްކަތުރުމުގެ ދާއިރާ، ދަނޑުވެރިކަމުގެ ދާއިރާ، އަދި ޝަހީދު ޖަވާދު ޢުމަރުގެ ހަނދާނީ ފިލާވެސް މި ދާއިރާތަކުގެ ތެރޭގައި ހިމެނެއެވެ.
ޒުވާނުންގެ އިނާމަށް ކުރިމަތިލުމަށް އެދި ހުށަހަޅާ ފޯމު، މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، ސްޕޯޓްސް އެންޑް ފިޓްނަސްގެ ވެބްސައިޓުންނާއި ޚާއްސަ ގޫގުލް ލިންކެއް ކަމަށްވާ https://shorturl.at/6RwO0 މެދުވެރިކޮށް ލިބެން ހުންނާނެއެވެ. މީގެއިތުރުން ވެލާނާގެ 3 ވަނަ ފަންގިފިލާގެ މެއިން ރިސެޕްޝަނުންވެސް ފޯމު ލިބެން ހުންނާނެ ކަމަށް މިނިސްޓްރީން ބުނެއެވެ.
މި އެވޯޑަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވަނީ މިއަހަރުގެ ޑިސެމްބަރު މަހުގެ 31 ވަނަ ދުވަ،ހުގެ މެންދުރުފަހު 1:00 އާ ހަމައަށެވެ. އެޕލިކޭޝަން ބަލައިގަންނަން ހަމަޖެހިފައިވަނީ ސަރުކާރު ބަންދު ނޫން ކޮންމެ ދުވަ،ހަކު ހެނދުނު 8:30 އިން މެންދުރު 14:00 އަށެވެ. އަދި އޮންލައިންކޮށް އެޕްލިކޭޝަން ހުށަހަޅުއްވާ ފަރާތްތަކުން [email protected] މެދުވެރިކޮށްވެސް އެޕލިކޭޝަން ހުށައެޅޭނެ ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!