ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމާއި، މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމު މިއަހަރު ޖުމްލަ 113 ބޭފުޅަކަށް ރޭ ދެއްވައިފިއެވެ.

މި އިނާމްތައް ދެއްވީ މި އަހަރުގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ރޭ ބޭއްވި ރަސްމީ ޖަލްސާގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒުއެވެ.

Ad
rt

ރޭ ޒުވާނުންގެ މަރުކަޒުގެ ހޯލުގައި ބޭއްވި މި ޖަލްސާގައި ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމު 56 ބޭފުޅަކަށް ލިބިވަޑައިގެންނެވިއެވެ. އިނާމުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްވަނީ ޝަރަފުގެ ބެޖަކާއި އައްޑަނައަކާއި ހަނދާނި ލިޔުމެކެވެ. ދައުލަތަށް 35 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރެއްވި 66 ބޭފުޅަކަށް މި އަހަރުގެ މިނިވަންދުވަހުގެ ރަސްމީ ޖަލްސާގައިވެސް ވަނީ އިނާމު ދެއްވާފައެވެ.

ދައުލަތަށް ޚިދުމަތްކުރުމުގެ ޤައުމީ އިނާމް 2026 ލިބިވަޑައިގަތް ބޮޑު ތިލަދުންމަތީގެ ބޭފުޅުން

  1. ފާތިމަތި ރަޝީދާ، ވޮޝިންޓަން ހައުސް، ހއ. ދިއްދޫ (40 އަހަރު)
  2. މައިމޫނާ އަބުދުއްސަމަދު، ނަސްފަރު، ހއ. އިހަވަންދޫ (37 އަހަރު)
  3. އައިމިނަތު އަބުދުއްސައްތާރު، އައިރިސް، ހއ. އިހަވަންދޫ (36 އަހަރު)
  4. ރަޟިއްޔާ އިބްރާހީމް، ފޭރުމާގެ، ހދ. ވައިކަރަދޫ (36 އަހަރު)
  5. އާދަމް މޫސާ، މަލްތެރޭގެ، ށ. ނަރުދޫ (36 އަހަރު)

މި އިނާމް ލިބިވަޑައިގަތް ނ. އަތޮޅަށް ނިސްބަތްވެވަޑައިގަންނަވާ ދެ ބޭފުޅުން
އަހްމަދު އިބްރާހީމް، ޒަމާނީގެ، ނ. ހޮޅުދޫ (36 އަހަރު)
އަބުދުލްޙަކީމް މޫސާ، މީނާޒް، ނ. ފޮއްދޫ (35 އަހަރު)

މަތީ ދަރަޖައިގެ އިނާމް 2026 ލިބިވަޑައިގަތް ބޮޑު ތިލަދުންމައްޗަށް ނިސްބަތްވެވަޑައިގަންނަވާ ބޭފުޅުން

  1. ޝަފީނާޒު ނާސިރު، ކޮތަރިވިލާ، ހއ. އުތީމު
  2. ހައްވާ އިނާޔާ، ސިއާރު، ހއ. ވަށަފަރު
  3. ސަބް-އިނިސްޕެކްޓަރ އޮފް ޕޮލިސް ޝުޒައިލް މުޙައްމަދު، ނީލޯފަރުގެ، ހއ. އިހަވަންދޫ
  4. މަރިޔަމް ރަނާ، ރިހިގެ، ހއ. ހޯރަފުށި
  5. ޝާޒިޔާ މުހައްމަދު، ގަހާ، ހދ. ހަނިމާދޫ
  6. މުހައްމަދު ސާލިމް، ސޯސަންވިލާ، ހދ. މަކުނުދޫ
  7. ފާތިމަތު އަޒްމާ ޢަލީ، އިރަމާގެއާގެ، ހދ. ކުޅުދުއްފުށި
  8. ފާތިމަތު ސަމިއްޔާ، ބީޗުހައުސް، ށ. ފޭދޫ
މިއިނާމް ލިބިވަޑައިގަތް ނ. އަތޮޅާއި ރ. އަތޮޅަށް ނިސްބަތްވެވަޑައިގަންނަވާ ތިން ބޭފުޅުން
އައްސަދު ހައްމާދު، ނައިފަރީގެ، ނ. ހޮޅުދޫ
އައިމިނަތު އިހްސާނާ، އިހްސާން، ރ. ހުޅުދުއްފާރު
އަހްމަދު ނާސިރު، މަލާޒް، ރ. ރަސްމާދޫ

މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމު މިއަހަރު ލިބިވަޑައިގަތީ 57 ބޭފުޅުންނަށެވެ. އެއީ، ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 10ގެ ސަނަދެއް ޙާޞިލު ކުރުމުގައި ފާހަގަކޮށްލެވޭ ކާމިޔާބީއެއް ޙާޞިލުކުރެއްވި 6 ބޭފުޅުންނަށާއި، ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 7ގެ ނުވަތަ ލެވެލް 8ގެ ނޫންނަމަ ލެވެލް 9ގެ ސަނަދެއް ޙާޞިލުކުރުމުގައި އެންމެމަތީ ވަނަ ހޯއްދެވި 50 ބޭފުޅުންނަށާއި، ބައިނަލްއަޤުވާމީ މަޢުރަޒަކުން ނުވަތަ މުބާރާތަކުން ނުވަތަ ބައިނަލްއަޤުވާމީ މިނޫންވެސް މިންކުރުމަކުން އެންމެ މަތީ ވަނަ ނުވަތަ ޝަރަފު ހޯދައިގެން އިނާމު ޙާޞިލު ކުރި އެއްފަރާތަކަށެވެ. ޚާއްޞަ އިނާމުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްވަނީ މެޑެއްޔަކާއި ހަނދާނީ ލިޔުމެކެވެ.

އިނާމުތަކަށް ބޭފުޅުން ހޮއްވެވުމުގެ މަސައްކަތް ކުރިއަށް ގެންދެވީ، ޚާއްޞަ އިނާމާބެހޭ ކޮމިޓީންނެވެ.