ށ.ޅައިމަގުގައި ކުރިއަށް ގެންދިޔަ، ޖެންޑާ އެކްޝަން ލާނިން ސިސްޓަމް(ގާލްސް) އަދި ހޯމް ގާޑެނިން ތަމްރީން ޕްރޮގްރާމް ނިންމާލައިފިއެވެ.

މި ޕްރޮގްރާމަކީ ޅައިމަގުގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއާއި، އެރަށު ކައުންސިލް އަދި މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް ރިސޯސަސް ގުޅިގެން ކުރިއަށް ގެންދިޔަ ޕްރޮގްރާމެކެވެ.

Ad
rt

މި ޕްރޮގްރާމްގެ މަގްސަދަކީ މުޖުތަމަޢާއި އަމިއްލަ ނަފްސު ބާރުވެރި ކުރުވުމެވެ.

ޅައިމަގު ޑަބްލިޔުޑީސީގެ ރައީސާ ރުޤިއްޔާ ޝާނާ ''ތިލަދުން'' އަށް މަޢުލޫމާތު ދެއްވިގޮތުގައި، މި ޕްރޮގްރާމްގައި ކުރިއަށް ގެންގޮސްފައިވަނީ، ދުވާލަކު އެއް ސެޝަންކަމަށާއި، ކޮންމެ ސެޝަނެއްގައި ކުރިއަށް ގެންދަނީ ކޮންމެވެސް އެއް މައުޟޫއެކެވެ.

މީގެއިތުރުން ޝާނާ ފާހަގަ ކުރެއްވި ގޮތުގައި، އަންހެނުން ބާރުވެރި ކުރުވުމަށާއި، އަމިއްލަ ފަރުދުންނަށް މުޖުތަމަޢުގައި ކުރެވިދާނެ ކަންކަމުގެ މަޢުލޫމާތު ލިބި، އަދި ކުދި ވިޔަފާރި ކުރިއެރުވުމަށްޓަކައި މި ޕްރޮގްރާމުން މުޙިއްމު މަޢުލޫމާތުތަކެއް ލިބިފައިވާނެކަމަށެވެ.

މި ޕްރޮގްރާމްގައި ފެސިލިޓޭޓަރުންގެ ގޮތުގައި މަސައްކަތް ކުރެއްވީ މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް ރިސޯސަސް ގެ ފަރާތުން މުޙައްމަދު އިބްރާހީމްއާއި އާމިނަތު މަނާލްއެވެ.