މެރިކަލްޗާ ސިނާއަތަށް ދިވެހިން ބިނާކުރުމުގެ ހަތަރު ވަނަ ތަމްރީނު ޕްރޮގްރާމް ފަށައިފި
މަސްވެރިކަމާއި، ދަނޑުވެރިކަމާއި އަދި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާގެ ފަރާތުން ހިންގާ މެރިން ހެޗަރީ ސްކިލްސް ޑިވެލޮޕްމެންޓް ޕްރޮގްރާމްގެ ދަށުން، 4 ވަނަ ބޭސިކް މެރިކަލްޗާ ޓްރެއިނިން ކޯސް ފަށައިފިއެވެ. މިއީ ރާއްޖޭގައި މެރިކަލްޗާ ދާއިރާ ތަރައްގީކޮށް މި ދާއިރާއަށް ބޭނުންވާ ފަންނީ ދިވެހިން ބިނާކުރުމުގެ މަގުސަދުގައި ކުރިއަށްގެންދާ ތަމްރީނު ޕްރޮގްރާމެކެވެ. ކ. މަނިޔަފުށި ޓްރެއިނިން ސެންޓަރުގައި ޖުމްލަ 12 ބައިވެރިންނާއެކު މި ޕްރޮގްރާމް ފަށާފައިވާއިރު، މިއީ 2026 ވަނަ އަހަރު މި ސިލްސިލާގެ ދަށުން ހިންގޭ [...