ހުޅުމާލެ އަށް އަރާ މަގުގައި ސޯލާ ޕެނަލްތައް ހަރުކޮށްފައި ހުންނަ ފެންސްގައި ޖެހި ލެމްބޯގިނީ ކާރެއް ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.
އެކްސިޑެންޓްވެފައި ވަނީ ހޯކްސް ކުންފުނިން މި ފަހުން ގެނެސްފައިވާ ލެމްބޯގިނީ ކާރެކެވެ.
އެކްސިޑެންޓްވެ އެ ކާރު އޮތީ ފެންސް ތެރޭ ބަންޑުންނެވެ. އެކްސިޑެންޓްވި ދިމާ ފެންސާއި ސޯލާ ޕެނަލްތައް ވަނީ ހަލާކުވެފައެވެ.
ސީނުގައި މިހާރު ފުލުހުން ހަރަކާތްތެރިވަމުން އަންނައިރު ހާދިސާގައި މީހަކަށް އަނިޔާވިކަމެއް ނޭނގެއެވެ.
މަންޒަރުދުއް މީހުން ބުނާގޮތުގައި އެކްސިޑެންޓްވިއިރު ކާރުގައި ކުޑަކުއްޖަކާއި ބޮޑު މީހަކު ތިއްބެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!