ށ. ފޭދޫގައި ވިޔަފާރި ކުރުމަށްޓަކައި 20 އަހަރު ދުވަހުގެ މުއްދަތަށް ބިން ކުއްޔަށް ހިފާނެ ފަރާތްތަކެއް ހޯދުމަށް އެ ރަށު ކައުންސިލުން ހުޅުވާލައިފިއެވެ.

އެ އިދާރާއިން ކުރި އިޢުލާނެއްގައި ބުނެފައިވަނީ، އެ ކައުންސިލްގެ އިޚްތިޞާޞްގެ ތެރޭގައި ހިމެނޭ ހަތަރު ބިމެއް 20 އަހަރުގެ މުއްދަތަށް ވިޔަފާރި ބިމުގެ ގޮތުގައި ކުއްޔަށް ދޫކުރުމަށް ނިންމާފައިވާކަމަށެވެ. މި ބިންތައް ކުއްޔަށް ހިފުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު މިހާރު ވަނީ ހުޅުވާލާފައެވެ.

Ad
rt

މި ބީލަމުގައި ބައިވެރިވުމަށްޓަކައި ރަޖިސްޓްރީވުމުގެ ފުރުޞަތު 20 އޮގަސްޓު 2026 ގެ 13:00 އިން ފެށިގެން 26 އޮގަސްޓު 2026 އާ ހަމައަށް އޮންނާނެ ކަމަށް ކައުންސިލުން ބުންޏެވެ. ބީލަމުގައި ރަޖިސްޓްރީ ކުރަން ބޭނުންވާ ފަރާތްތަކުން، ކައުންސިލުން އާންމުކޮށްފައިވާ މައިކްރޮސޮފްޓް ފޯމު މެދުވެރިކޮށް ރަޖިސްޓްރީ ކުރަންޖެހޭނެއެވެ.

ކައުންސިލުން ކުއްޔަށް ދޫކުރުމަށް ނިންމާފައިވާ ބިންތަކުގެ ތަފްޞީލު:
• ބިން ނަންބަރު L1: 1,281 އަކަފޫޓު (ވިޔަފާރި ބިން)
• ބިން ނަންބަރު L2: 1,581 އަކަފޫޓު (ވިޔަފާރި ބިން)
• ބިން ނަންބަރު L3: 1,542 އަކަފޫޓު (ވިޔަފާރި ބިން)
• ބިން ނަންބަރު L4: 1,728 އަކަފޫޓު (ވިޔަފާރި ބިން)

މި ބީލަމާ ގުޅޭ މަޢުލޫމާތު ކަރުދާސް ކައުންސިލްގެ ރަސްމީ ވެބްސައިޓުން ޑައުންލޯޑް ކުރެވެން ހުންނާނެ ކަމަށް އެ އިދާރާއިން ބުންޏެވެ. ބީލަމާ ގުޅޭގޮތުން އެއްވެސް ސުވާލެއް އޮތްނަމަ 27 އޮގަސްޓު 2026 ގެ 14:00 ގެ ކުރިން ކައުންސިލްގެ އީމެއިލް އެޑްރެހަށް ސިޓީ ނުވަތަ އީމެއިލް މެދުވެރިކޮށް ފޮނުވުމަށް ވެސް ކައުންސިލުން ވަނީ އެދިފައެވެ.