ނެއްލައިދޫގެ ތަރައްޤީގެ ޕްލޭން ހެދުމުގައި ބައިވެރިވެގެން ހަދިޔާ ހޯދުމުގެ ފުރުޞަތު، ތެލިސެޓާއި ބޮއިލަރު ވެސް ލިބޭ
“ނެއްލައިދޫ ތަރައްޤީ ޕްލޭން 2021-2031” އެކުލަވައިލުމަށް ބާއްވާ ބައްދަލްވުންތަކަށް ހާޟިރުވެގެން ހަދިޔާ ހޯދުމުގެ ފުރުޞަތު އެ ކައުންސިލުން ހުޅުވާލައިފިއެވެ. ނެއްލައިދޫ ކައުންސިލުން ހާމަކުރި ގޮތުގައި ބައްދަލްވުންތަކަށް ހާޟިރުވުމާއި، ބައިވެރިވުން އިތުރު ކުރުމަށްޓަކައި، މި ބައްދަލްވުންތަކަށް ހާޟިރުވާ ފަރާތްތަކުގެ ތެރެއިން ގުރުއަތުން ނެގޭ 15 ފަރާތަކަށް ހަދިޔާ ދިނުމަށް ހަމަޖެހިފައިވެއެވެ. ނެއްލައިދޫ ކައުންސިލުން ބުނި ގޮތުގައި ގުރުއަތުގައި ބައިވެރިވުމުގެ ފުރުޞަތު ލިބޭނީީ ތަރައްޤީ ޕްލޭން އެކުލަވައިލުމަށް...