ޤައުމީ އެއާލައިން މޯލްޑިވިއަނުން ފަތުރުވެރިންނަށް ވިއްކާ ޓިކެޓްގެ އަގު ހެޔޮކުރަން ވަޒީރުންގެ މަޖިލީހުން ނިންމައިފިއެވެ.

ރައީސް އޮފީހުން ވަނީ އާދީއްތަ ދުވަހު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ނިންމުންތައް ރޭ ވަނީ އާންމުކޮށްފައެވެ.

Ad
d

އެއިގެ ތެރެއިން އެއްކަމަކީ މޯލްޑިވިއަނުން ފަތުރުވެރިންނަށް ވިއްކާ ޓިކެޓްގެ އަގު ހެޔޮކުރަން ވަޒީރުންގެ މަޖިލީހުން ނިންމި ނިންމުމެވެ.

މިގޮތުން ދަތުރުފަތުރުގެ ދާއިރާއިން، އައިލެންޑް އޭވިއޭޝަން ސާވިސަސް ލިމިޓެޑް (އައިއޭއެސް) އިން ވައިގެ ދަތުރުފަތުރުގެ ޓިކެޓަށް ފަތުރުވެރިން އަތުން ނަގާ ފެއަރ މުރާޖަޢާކޮށް މި ފެއަރ ކުޑަކުރެއްވުމަށް ވަޒީރުންގެ މަޖިލީހުން ވަނީ ނިންމަވާފައިކަމަށް ރައީސް އޮފީހުން ބުންޏެވެ.

ފަތުރުވެރިން އަތުން މޯލްޑިވިއަނުން މީގެ ކުރިން ދިވެއްސެއްގެ އަތުން ނަގާ މިންވަރުގެ އެއް ގުނައަށްވުރެ ބޮޑު އަދަދެއް ނަގައެވެ. އެހެންވެ އަތޮޅުތަކުގެ ގެސްޓް ހައުސްތަކަށް ފަތުރުވެރިން ގެންދިޔުމުގައި އެކަމަކީ އޮތް ގޮންޖެހުމެއްކަމަށް ދާއިރާގެ މީހުން ކުރީއްސުރެ އަންނަނީ ފާހަގަކުރަމުންނެވެ.

Ad
df

މީގެ އިތުރުން ވެސް އީރާނާއި ދެކޮޅަށް އެމެރިކާ ފެށި ހަނގުރާމައާއި ގުޅިގެން ތެލުގެ އަގު މައްޗަށް ދިޔުމުން މޯލްޑިވިއަނުން ވަނީ ފަތުރުވެރިންނަށް ވިއްކާ ޓިކެޓަށް އެބަދުލުވެސް ގެނެސްފައެވެ.