Skip to main content
Topic Archive

#ވަޒީރުންގެ މަޖިލިސް

78 Stories filed
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތަކާ ބެހޭ އޮޕްޝަނަލް ޕްރޮޓޮކޯލްގައި ރާއްޖެ ބައިވެރިވަނީ
Raajje

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތަކާ ބެހޭ އޮޕްޝަނަލް ޕްރޮޓޮކޯލްގައި ރާއްޖެ ބައިވެރިވަނީ

“އޮޕްޝަނަލް ޕްރޮޓޮކޯލް ޓު ދަ ކޮންވެންޝަން އޮން ދަ ރައިޓްސް އޮފް ޕަރސަންސް ވިތް ޑިސްއެބިލިޓީ” ގައި ދިވެހިރާއްޖެއިން ބައިވެރިވުމަށް ފެނިވަޑައިގަންނަވާ ކަމަށް ވަޒީރުންގެ މަޖިލީހުން ނިންމަވައިފިއެވެ. ވަޒީރުންގެ މަޖިލީހުން މިގޮތަށް ނިންމެވީ މި މަހުގެ 20 ވީ އާދިއްތަ ދުވަހު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި މިނިސްޓްރީ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއަރއިން ވަޒީރުންގެ މަޖިލީހަށް ހުށަހެޅުއްވި ކަރުދާހަށް މަޝްވަރާކުރެއްވުމަށް ފަހުގައެވެ. މިކަމަކީ ޤާނޫނުއަސާސީގެ 93 ވަނަ މާއްދާގެ (ހ) ގެ ދަށުން...

ބިދޭސީއަކަށް ނެގޭނީ އެއް ސިމް، ޖަލުތަކަށް ވައްދާ ސިމްތަކުގެ ވެރިންނަށް ފިޔަވަޅު
Raajje

ބިދޭސީއަކަށް ނެގޭނީ އެއް ސިމް، ޖަލުތަކަށް ވައްދާ ސިމްތަކުގެ ވެރިންނަށް ފިޔަވަޅު

ޖަލުތަކަށް ވައްދާ ފޯނުތަކުގައި ބޭނުންކުރާ ސިމްކާޑުތަކުގެ ވެރިފަރާތްތަކަށް ގާނޫނީ އަދި އިދާރީ ފިޔަވަޅު އެޅުމަށާއި، ރާއްޖޭގައި މޯބައިލް ސިމްކާޑު ދޫކުރުމުގެ އުސޫލު ހަރުދަނާކުރުމުގެ ގޮތުން، އަންސްކިލްޑް ކޮންމެ ބިދޭސީއަކަށް އެއް ސިމްކާޑަށް ވުރެ އިތުރަށް ދޫނުކުރެވޭ ގޮތަށް ހެދުމަށް ވަޒީރުންގެ މަޖިލީހުން ނިންމައިފިއެވެ. މިދިޔަ އާދިއްތަ ދުވަހު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި ނިންމެވި ނިންމެވުންތަކުގެ ތަފުސީލު ރައީސް އޮފީހުން ރޭ ހާމަކޮށްފައިވާއިރު، ޖަލުތަކަށް ވައްދާ މޯބައިލް ސިމްކާޑުތައް ރަޖ...

ޤައުމީ އެއާލައިނުން ފަތުރުވެރިންނަށް ވިއްކާ ޓިކެޓްގެ އަގު ހެޔޮކުރަނީ
Business

ޤައުމީ އެއާލައިނުން ފަތުރުވެރިންނަށް ވިއްކާ ޓިކެޓްގެ އަގު ހެޔޮކުރަނީ

ޤައުމީ އެއާލައިން މޯލްޑިވިއަނުން ފަތުރުވެރިންނަށް ވިއްކާ ޓިކެޓްގެ އަގު ހެޔޮކުރަން ވަޒީރުންގެ މަޖިލީހުން ނިންމައިފިއެވެ. ރައީސް އޮފީހުން ވަނީ އާދީއްތަ ދުވަހު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ނިންމުންތައް ރޭ ވަނީ އާންމުކޮށްފައެވެ. އެއިގެ ތެރެއިން އެއްކަމަކީ މޯލްޑިވިއަނުން ފަތުރުވެރިންނަށް ވިއްކާ ޓިކެޓްގެ އަގު ހެޔޮކުރަން ވަޒީރުންގެ މަޖިލީހުން ނިންމި ނިންމުމެވެ. މިގޮތުން ދަތުރުފަތުރުގެ ދާއިރާއިން، އައިލެންޑް އޭވިއޭޝަން ސާވިސަސް ލިމިޓެޑް (އައިއޭއެސް) އިން ވައިގެ ދަތުރުފަތުރުގެ ޓިކެޓަށް ފަތުރުވެރިން އަތުނ...

ސްކޫލްތަކާއި ކްލަބް ޖަމިއްޔާތަކުގެ ބައިވެރިވުމާއެކު ދުންފަތާއި ދެކޮޅު ޤައުމީ ކެމްޕޭން ފުޅާކުރަނީ
Raajje

ސްކޫލްތަކާއި ކްލަބް ޖަމިއްޔާތަކުގެ ބައިވެރިވުމާއެކު ދުންފަތާއި ދެކޮޅު ޤައުމީ ކެމްޕޭން ފުޅާކުރަނީ

ދުންފަތާއި ނިކޮޓިންގެ ނުރައްކަލާމެދު ޢާންމުން ހޭލުންތެރިކުރުމާއި، ޖެނެރޭޝަނަލް ބޭން ތަންފީޒުކުރުމާ ގުޅޭގޮތުންނާއި، ސަރުކާރުން ކުރިއަށްގެންދާ އެހެނިހެން މަޝްރޫޢުތަކާ ގުޅޭ މުހިންމު ނިންމެވުންތަކެއް ވަޒީރުންގެ މަޖިލީހުން ނިންމަވައިފިއެވެ. އާދީއްތަ ދުވަހު ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި، ދުންފަތާއި ނިކޮޓިންގެ ނުރައްކަލާމެދު ހޭލުންތެރިކުރުމުގެ ޤައުމީ ކެމްޕޭން ކުރިއަށް ގެންދިއުމާއި، ސިނގިރޭޓުގެ އިމްޕޯޓު ޑިއުޓީ ރޭޓުތައް މުރާޖައާކުރުމާ ގުޅޭ ސަބް-ކޮމިޓީން ވަނީ މަސައްކަތްތަކުގެ އަދާހަމަ ހި...

ރަށްރަށުގައި ވެސް ކެމިކަލް ގުދަންކުރަން ހުއްދަދޭނީ މީހުން ދިރިއުޅޭ ސަރަހައްދާ ދުރުގައި ކަމަށް ނިންމައިފި
Raajje

ރަށްރަށުގައި ވެސް ކެމިކަލް ގުދަންކުރަން ހުއްދަދޭނީ މީހުން ދިރިއުޅޭ ސަރަހައްދާ ދުރުގައި ކަމަށް ނިންމައިފި

ރާއްޖޭގެ ރަށްރަށުގައި ކެމިކަލް ގުދަންކުރުމުގެ ހުއްދަ ދިނުމުގައި، މީހުން ދިރިއުޅޭ ސަރަހައްދުތަކާ ދުރު، ރައްކާތެރި ހިސާބުތަކަށް އިސްކަންދިނުމަށް ވަޒީރުންގެ މަޖިލީހުން ނިންމަވައިފިއެވެ. މި ނިންމެވުން ނިންމާފައިވަނީ އާދީއްތަ ދުވަހު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައެވެ. ސަރުކާރުން މިގޮތަށް ނިންމެވީ ކެމިކަލް ގުދަންކޮށްފައި ހުންނަ ތަންތަނުގައި ހިނގާ ނުރައްކާތެރި ހާދިސާތަކަށް ރިއާޔަތްކުރެއްވުމަށްފަހުގައެވެ. މާލެއެކޭ އެއްފަދައިން އަތޮޅުތެރޭގައި ވެސް ކެމިކަލް ރައްކާކުރާނެ ތަންތަން ތަރައްޤީކުރުމުގެ ހު...

އަންނަ އަހަރުގެ ޖެނުއަރީ ނިމުމުގެ ކުރިން މުޅި ރާއްޖޭގައި އާރުޓީއެލް ވިއުގަ ގާއިމުކޮށް ނިންމަނީ
Raajje

އަންނަ އަހަރުގެ ޖެނުއަރީ ނިމުމުގެ ކުރިން މުޅި ރާއްޖޭގައި އާރުޓީއެލް ވިއުގަ ގާއިމުކޮށް ނިންމަނީ

އަންނަ 2027 ވަނަ އަހަރުގެ ޖަނަވަރީ މަސް ނިމުމުގެ ކުރިން މުޅި ރާއްޖޭގައި، “އިންޓަރގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯރކް” މަޝްރޫޢުގެ (އާރުޓީއެލް) ވިއުގަ ގާއިމުކޮށް ނިންމުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް ވަޒީރުންގެ މަޖިލީހުން ނިންމައިފިއެވެ. ރަ އީސް އޮފީހުން ހާމަކުރި ގޮތުގައި، އާދީއްތަ ދުވަހު ބޭއްވުނު ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި މި ނިންމުން ނިންމާފައިވަނީ މުޅި ރާއްޖެ އެއް ވިއުގައަކުން ގުޅާލުމަށް ސަރުކާރުން ދެއްވާ ޚާއްޞަ އިސްކަމުގެ ދަށުންނެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކ...

ސުންގަޑިތަކަށް މަޝްރޫޢުތައް ނިންމުމަށް ހާއްސަ ފިޔަވަޅުތަކެއް އަޅަނީ
Raajje

ސުންގަޑިތަކަށް މަޝްރޫޢުތައް ނިންމުމަށް ހާއްސަ ފިޔަވަޅުތަކެއް އަޅަނީ

ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް އިތުރަށް ހަރުދަނާކޮށް، ތަރައްޤީގެ މަޝްރޫޢުތައް ކަނޑައަޅާފައިވާ ސުންގަޑިތަކަށް ނިންމުމަށްޓަކައި ޚާއްޞަ ފިޔަވަޅުތަކެއް އެޅުމަށް ވަޒީރުންގެ މަޖިލީހުން ނިންމަވައިފިއެވެ. އާދީއްތަ ދުވަހު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި ނިންމަވާފައިވާ މި ނިންމެވުމުގެ ދަށުން، ސަރުކާރުގެ ހުރިހާ މަޝްރޫޢުތަކާއި ހަރަކާތްތައް ވިލަރެސްކުރުމަށް ބޭނުންކުރާ “ދުވެލި” ޕޯޓަލް އާއި، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަރޕްރައިޒަސްއިން ތައްޔާރުކޮށްފައިވާ “ޕަބްލިކް އ...

އައު މާލީ ވަޒީރަކަށް ޒަރީރު
Raajje

އައު މާލީ ވަޒީރަކަށް ޒަރީރު

ރައީސް ޑރ. މުޙައްމަދު މުޢިއްޒު، މިނިސްޓަރ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަރޕްރައިޒަސްގެ މަގާމަށް، މީރާގެ ކުރީގެ ވެރިޔާ ޙަސަން ޒަރީރު މިއަދު ޢައްޔަންކުރައްވައިފިއެވެ. ޒަރީރަށް ވަޒީރަށް މަޤާމުގެ ފަތްކޮޅު ދެއްވުމަށް ބޭއްވެވި ރަސްމިއްޔާތު އޮތީ މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ. މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ޙަސަން ޒަރީރަށް މަޤާމުގެ ފަތްކޮޅު އަރުވާފައެވެ. މި ރަސްމިއްޔާތުގައި ވަޒީރުންގެ މަޖިލީހުގެ މެންބަރުކަމުގެ ހުވައި ލައިދެއްވީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު މު...

ހުރިހާ ވަޒީރުންނަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދީފި
Parliament

ހުރިހާ ވަޒީރުންނަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދީފި

ރައީސް ޑރ. މުހައްމަދު މުއިއްޒު ކެބިނެޓަށް ބަދަލު ގެންނަވައި އައްޔަން ކުރެއްވި ހުރިހާ ވަޒީރުންނަށް ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދީފިއެވެ. މި ބަދަލާއެކު ރައީސް ވަނީ ކެބިނެޓުގެ މިނިސްޓްރީތަކުގެ އަދަދު 20 އިން 15 އަށް ކުޑަކުރައްވާފައެވެ. މި ބަދަލުގެ ދަށުން އަލަށް އައްޔަން ކުރެއްވި ފަސް ވަޒީރުންނާއި، މެންޑޭޓަށް ބަދަލު ގެނެސް އަލުން އައްޔަން ކުރެއްވި ނުވަ ވަޒީރުން ހިމެނޭހެން ޖުމްލަ 14 ބޭފުޅެއްގެ ނަން ރުހުން ހޯދުމަށް މަޖިލީހަށް ފޮނުއްވީ މިދިޔަ ހަފްތާގެ […]

ބޮޑުހިލައިގެ ބަދަލުގައި ތިމާވެށްޓާ ގުޅޭ، ޚަރަދު ކުޑަ އީޖާދީ ހައްލެއް ހޯދުމަށް ސަރުކާރުން ނިންމައިފި
Raajje

ބޮޑުހިލައިގެ ބަދަލުގައި ތިމާވެށްޓާ ގުޅޭ، ޚަރަދު ކުޑަ އީޖާދީ ހައްލެއް ހޯދުމަށް ސަރުކާރުން ނިންމައިފި

ރާއްޖޭގެ ގޮނޑުދޮށްތައް ހިމާޔަތްކުރުމާއި ބަނދަރު ހެދުމުގެ މަޝްރޫއުތަކުގައި ބޭނުންކުރާ ބޮޑުހިލައިގެ ބަދަލުގައި، ތިމާވެށްޓާ ގުޅޭ އަދި ޚަރަދު ކުޑަ އީޖާދީ ހައްލެއް ހޯއްދެވުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ. ރައީސް މިގޮތަށް ނިންމެވީ އިއްޔެ ބޭއްވުނު ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި މިކަމާ ގުޅޭގޮތުން މަޝްވަރާ ކުރެއްވުމަށް ފަހުގައެވެ. މި ނިންމެވުން ނިންމަވާފައިވަނީ މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑުން ވަޒީރުންގެ މަޖިލީހަށް ހުށައެޅުއްވި ކަރުދާހުގެ މައްޗ...

އައު ބަދަލާއި ގުޅިގެން ބައެއް ވުޒާރާތަކަށް ދިވެހިބަހުން ކިޔާނެ އައު ނަންތައް ހަމަޖައްސަވައިފި
News

އައު ބަދަލާއި ގުޅިގެން ބައެއް ވުޒާރާތަކަށް ދިވެހިބަހުން ކިޔާނެ އައު ނަންތައް ހަމަޖައްސަވައިފި

ސަރުކާރުގެ އިދާރީ އޮނިގަނޑަށް ގެންނަވާފައިވާ ބަދަލުތަކާ ގުޅިގެން، ބައެއް ވުޒާރާތަކަށް ދިވެހިބަހުން ކިޔާނެ ރަސްމީ ނަންތައް ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިއްޔެ ހަމަޖައްސަވައިފިއެވެ. މި ނަންތައް ހަމަޖެއްސެވީ 2026 އެޕްރީލު 14 އަދި 15 ވަނަ ދުވަހު ސަރުކާރުގެ އޮނިގަނޑަށް ގެންނެވި ބަދަލުތަކާ ގުޅިގެންނެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އިއްޔެ ޝާއިޢުކުރެއްވި މިކަމާއި ގުޅޭ ދެންނެވުމުގައިވާ ގޮތުން، ޖުމްލަ 12 ވުޒާރާއެއްގެ ނަން ދިވެހިބަހުން ބޭނުންކުރާނެ ގޮތް ވަނީ ކަނޑައަޅުއްވާފައެވެ. މީގެ ތެރޭގައި އަލަށް...

ޑިފެންސް މިނިސްޓަރުގެ މަގާމަށް ޙަސަން
Raajje

ޑިފެންސް މިނިސްޓަރުގެ މަގާމަށް ޙަސަން

ރައީސް ޑރ. މުޙައްމަދު މުޢިއްޒު، މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސަރވިސްގެ މަގާމަށް، ޙަސަން ރަޝީދު މިއަދު ޢައްޔަންކުރައްވައިފިއެވެ. ހައުސިން މިނިސްޓްރީގެ ސްޓޭޓް ވަޒީރަކަށް ހުންނެވި ހަސަން ޑިފެންސް މިނިސްޓަރުކަމަށް ޢައްޔަނުކުރަށްވައި މަޤާމުގެ ފަތްކޮޅު އެރުވުމަށް ބޭއްވެވި ރަސްމިއްޔާތު އޮތީ މިރޭ އިރާކޮޅުގެ ވަގުތެއްގައި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ. މި ރަސްމިއްޔާތުގައި ވަޒީރުންގެ މަޖިލީހުގެ މެންބަރުކަމުގެ ހުވައި ޙަސަން ރަޝީދަށް ލައިދެއްވީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު މުަޙަ...

ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ ޢަދަދު 15 އަށް
Raajje

ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ ޢަދަދު 15 އަށް

ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ ޢަދަދު 15 އަށް މަދުކުރައްވައި، އެ މަޖިލިސް އެކުލެވިގެންވާގޮތަށް މިއަދު ބަދަލުތަކެއް ގެންނަވައިފިއެވެ. މި ބަދަލުތަކާއެކު މިއަދު ވަނީ 12 ވަޒީރަކު އަލަށް މަޤާމަށް ޢައްޔަންކުރައްވައި، އެ ބޭފުޅުންނަށް މަޤާމުގެ ފަތްކޮޅު އަރުވާފައެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ރަސްމިއްޔާތުގައި ވަޒީރުންގެ މަޖިލީހުގެ މެންބަރުކަމުގެ ހުވައި ލައިދެއްވީ ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދެވެ. ހުވައި ކުރެއްވުމަށްފަހު، އ...

ކެބިނެޓްގެ އިތުރު ވަޒީރުންތަކެއް އިސްތިއުފާ ދެއްވައިފި
Raajje

ކެބިނެޓްގެ އިތުރު ވަޒީރުންތަކެއް އިސްތިއުފާ ދެއްވައިފި

ރައީސް ޑރ. މުހައްމަދު މުޢިއްޒުގެ ކެބިނެޓްގައި ހިމެނިވަޑައިގަންނަވާ އިތުރު ވަޒީރުންތަކެއް މިއަދު މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. މި ބޭފުޅުން އިސްތިއުފާ ދެއްވިކަން ރައީސް އޮފީހުން މިހާރު ވަނީ ކަށަވަރުކޮށްދީފައެވެ. މިއަދު އިސްތިއުފާ ދެއްވި ވަޒީރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވަނީ، ފޮރިން މިނިސްޓަރު ޑރ. ޢަބުދުﷲ ޚަލީލް، ޑިފެންސް މިނިސްޓަރު މުހައްމަދު ޣައްސާން މައުމޫން، ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް، ފެމިލީ ޑިވެލޮޕްމަންޓު މިނިސްޓަރު ޑރ. އައިޝަތު ޝިހާމް، ލޯކަލް ގަވަމެންޓް މިނިސްޓަރު...

ދިފާއީ ވަޒީރު ޣައްސާން އިސްތިއުފާ ދެއްވައިފި
Raajje

ދިފާއީ ވަޒީރު ޣައްސާން އިސްތިއުފާ ދެއްވައިފި

ދިފާއީ ވުޒާރާގެ މުޙައްމަދު ޣައްސާން މައުމޫން މަގާމުން މިއަދު އިސްތިއުފާ ދެއްވައިފިއެވެ. ޣައްސާނު މަގާމުން އިސްތިއުފާދެއްވި ނަމަވެސް، މި ނިންމެވުން ނިންމެވި ސަބަބެއް ސާފެއް ނުވެއެވެ. ޣައްސާން ދިފާއީ ވަޒީރުކަމަށް ޢައްޔަނުކުރެއްވީ 17 ނޮވެމްބަރު 2023 ގައެވެ. ޣައްސާނު އިސްތިއުފާ ދެއްވިއިރު، ރައީސް އޮފީހުގެ ވަޒީރެއްގެ ގޮތުގައި ހުންނެވި ޢަލީ އާރިފް ވަނީ އިއްޔެ އިސްތިއުފާ ދެއްވާފައެވެ. މީގެ އިތުރުން ޚާރިޖީ ވަޒީރު ޑރ. ޢަބުދުﷲ ޚަލީލް މިއަދު ވަނީ މަގާމުން ވަކިކުރަށްވާފައެވެ.