ކޮވިޑް19 ގެ ރިސްކު ރާއްޖެއަށް ވަރަށްބޮޑު! "އާދޭސްކޮށްފަ ބުނަން ފަރުދީގޮތުން ކުރެވޭކަންކަން ކުރޭ!!"

4F50ABCD-DF32-4911-B678-50B419F14484

ކޮވިޑް19 ގެ ރިސްކު ރާއްޖެއަށް ވަރަށްބޮޑު ކަމަށާއި ވަރަށް އާދޭހާއި އެކު މިކަންކަން ކުރުމަށް، ޑރ މުޙައްމަދު އަލީ އެދިވަޑައިވެގެންފިއެވެ.

ކޮވިޑް19 އިން ރައްކާތެރިވުމަށް ފަރުދީގޮތުންނާ މުއައްސަސާ ތަކުން ކުރެވިދާނެ ކަން ކަން ގޮތުގައި ކުރެވިދާނެ 20 ކަމެއް ޑރ މުޙައްމަދު އަލީ ވަނީ ބަޔާންކޮށްފައެވެ.

1. މަގުމައްޗަށާ އާންމު ތަންތަނަށް ކުޅު ނުޖެހުން
2. ކެއްސާ ރޯގާ ޖެހިފަ ވާނަމަ ގޭގަ މަޑުކުރުން
3. ކެއްސާ ކިނބިހި އަޅާ އިރު އަތު ހުދުކަމަށް ނޭޅުން، ޓިޝޫއެއް ނެތްނަމަ އުޅަބޯއްޓަށް އެޅުން
4. ލޯ، ނޭފަތް، އަނގަ ހިމެނޭ ހިސާބުގަ އަތްލުން މަދުކުރުން
5. ގިނަ ގިނައިންސައިބޯނި ލައިގެން އަތް ދޮވުން
6. ޑޮމެސްޓިކް އެއާރލައިން ތަކަށް އަރާއިރު ދޭ ރިފްރެޝަރ ޓިޝޫގެ ބަދަލުގަ ހޭންޑު ޝެނިޓައިޒާރއެއް ދިނުން
7. އޮފީސްތަކުގައާ ހޮސްޕިޓަލް ތަކުގަ ފަސޭހައިން އަތްދޮވޭ ނެގޮތްހުރުން
8. ސިޑި އަތްގަނޑުގަ އަތް ނުލާ ވޭތޯބެލުން
9. ފޯނުވެސް އަލްކޮހޮލްހޭންޑް ރަބަކުން ސާފުކުރެވޭތޯބެލުން
10. އަލްކޮހޮލް ރަބުން އަތްސާފު ކުރާއިރުވެސް، އަތް ދޮންނައިރު ހަދާ ހުރިހާ ސުޓެޕް ތަކެއް ހެދުން
11. އޮފީސް ތަކުގަ އަތް ދޮވޭތޯ ބަލާ ގިނަ ގިނައިން ހަނދާން ކޮށްދިނުން
12. ކުޑަކުދިންނަށް ލޯބިންދޭ ބޮސް ނުދިނުން
13. ޞަރޫރީ ބޭނުމަކަށް މެނުވީ ހޮސްޕިޓާ ކުލިނިކް ތަކަށް ނުދިއުން
14. އެއްވުންތައް އެއްގޮތަކަށްވެސް ނުބޭއްވުން
15. މިސްކިތްތަކުގަ ވުޞޫ ކުރުމުގެ ކުރިން އަތްދޮވެވޭ ގޮތަށް ސައިބޯނި ހުރުން
16. ގޮތްނޭގޭ މަޢުލޫމާތު ޝެއާރ ނުކުރުން
17. ދުންފަތުގެއިސްތިއުމާލު ކުރާމީހުނަށް މިބަލިޖެހުމުން މަރުވުމުގެ ޗާންސް ބޮޑު، މިއަދުން ފެށިގެން ސިގިރޭޓް، ގުޑުގުޑާ، ވޭޕް ހުއްޓާލުން / މަސައްކަތް ފެށުން
18. މިކަންކަން ގިނަގިނައިން އެކަކު އަނެކާއަށް ހަނދާ ކޮށްދިނުން
19. ކޮންމެނަމާދެއްގެ ފަހުން ﷲގެ ހަޟްރަތަށް ދުޢާދެންނެވުން
20. ޑަކްޓަރުން ދޭ ނަސޭހަތް ކަނުލާ އަޑުއަހާ، އަމަލުކުރުން

 

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ކިޔުންތެރިންގެ ޚިޔާލުތައް

    1. ތީގެ 1 ވަނައިގަ އިންނަނވީ ނަމާދު ކޮށް ﷲ އަށް ދުޢާކުރުން

  1. ސިއްހީ މައުލޫއެއްގައި ނަމަ ދުންފަތުގެ ވާހަކައަކީ މަތީގަ ޖަހާލާ ޗެރީއެއްބާ!

    4
    12
    1. އެހެން އެ ބުނީ މި ބައްޔަކީ ރެސްޕިރޭޝަން ސިސްޓަމް އާ ގުޅުން ހުރި ބައްޔަކަށް ވުމުން. ދުންފަތުގެ އިސްތިޢުމާލު ކުރާ ގިނަ މީހުންގެ ރެސްޕިރޭޝަން ސިސްޓަމް ވަރަށް ބަލިކަށި ވާނެ. އަދި ކިތަންމެ ހިތްހަމަ ނުޖެހުނަކަސް މި ދަނޑިވަޅުގައި ޙާއްސަކޮށް ޑރ. އިރުޝާދު ދެއްވާފައިވާގޮތަށް ޢަމަލުކުރުން ބުއްދިވެރި..

      15
    2. ޑރ. ރާމީ ހަސަން މަނިކު (އެންޑޯކްރައިނޮލޮޖިސްޓް/ނިއުޔޯކް،ސެއިންޓްމޭރީ ހޮސްޕިޓަލް) says:

      ñ-95 މާސްކް ބޭނުންކުރުން ވަރަށް މުހިއްމު. މިއީ ޔޫރޮޕް ގައާއި އޮސްޓްރޭލިޔާ، ހޮންކޮންގް، ސިންގަޕޯރ، އެމެރިކާ ގައި ބޭނުން ކުރާ މާސްކް އަކީ. އާދައިގެ ސާރޖިކަލް މާސްކަށް ވުރެ މިވައްތަރުގެ މާސްކް މާބޮޑަށްވެސް ރަނގަޅު. ރާއްޖެ އަށް އެތެކުރަންވަރަށް ބޮޑަށް ފެނޭ. ކުރައްވަވާ ބުރަ މަސައްކަތްޕުޅަށް ތައުރީފް ހައްގު. އެނގިހުރިއެއްޗެއް ބުނެލީ. މާތް ﷲ އަޅަމެން ސަމާމަތް ކުރައްވާށި !

  2. މި އާޓިކަލް ގަ އެއްމެ ފުރަތަމަ އޮންނަންވީ ޕޮއިންޓް އިނި 19 ވަނައަށް

  3. ސްކޫލްތަކާއި އޮފީސްތައް ދުވަސްކޮޅަކށް ބަންދު ކުރަންވީ ނޫންތޯ، އޮފީސްތަަކަށްދާ އެކަނިވެރި މައިން ، ދަރިން ޑޭކެއަރ ތަަކަށް ދޫކޮށްލާފަ ދަނީ އިތުުރު ގޮތެއް ނެތިގެން، ހަަމަ ކިރިޔާ ކެއްސާލާއިރށް ފޮނުވާލަންޏާ ކިހިނެއްތޯ އުޅޭނީ

  4. ބޮންދުން ލައްވާ ކުޅު ޖެހުން ހުއްޓުވާ ބަލަ. ޚާސް ޚާސް ކިޔާފަ ކުޅު ތަޅާނެ ވަރަކަށް

    11
  5. މިއީ އެންމެން ގުޅިގެން ފަރުދީ ޒިންމާ ނަގަންވީ ދަނޑިވަޅެއް!

  6. ދިވެހިންނަކީ މީހަކު ކިތަންމެ ރަނގަޅަކަށް އެއްޗެއް ބުންޏަސް އޭގެން ކޮންމެވެސް ނެގެޓިވް ކަމެއް ހޯދައިގެން އެވާހަކައެއް ދައްކަން ތައްޔާރަށް ތިބޭ ބައެއް..

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *