ރާއްޖެއަށް 10 ކިލޯއެއްހާ މަސްތުވާތަކެތި އެތެރެކުރި މައްސަލައެއްގައި ޕާކިސްތާނުގެ މީހަކު އުމުރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.
ޕާކިސްތާނުގެ ރައްޔިތެއް ކަމަށްވާ ހަމްޒާ ނައީމްގެ މައްޗަށް ޖަދުވަލު 1 ގައިވާ މަސްތުވާއެއްޗެއް އެތެރެ ކުރުމުގެ ދައުވާކުރީ އޭނާ ޖޫން, 2023 ގައި ރާއްޖެ އައުމުން އޭނާގެ ލަގެޖް ފާސް ކުރިއިރު 9.9 ކިލޯގެ ޑައިމޯފިން ފެނުުނު މައްސަލާގަ އެވެ.
ކްރިމިނަލް ކޯޓުން މިދިޔަ މަހުގެ 20 ވަނަ ދުވަހު ކުރި ހުކުމުގައިވަނީ އޭނާ ގެނައި ލަގެޖުން މަސްތުވާތަކެތި ފެނިފައިވާއިރު އެއީ އެހެން މީހަކު ދިން ފޮށްޓެއް ކަމަށް ބުނި ނަމަވެސް އެކަން ސާބިތުކޮށް ނުދެވޭ ކަމަށެވެ. އަދި ތަހުގީގު މަރުހަލާގައި ހަނު ހުރުމަށްފަހު ކޯޓުގައި އެއީ އޭނާގެ ފޮށްޓެއް ނޫން ކަމަށް ބުނި ނަމަވެސް އެ ބުނުމަށް ބާރު ލިބޭނެ ހެއްކެއް ނެތް ކަަމަށް ހުކުމުގައިވެ އެވެ.
އެހެންވުމުން މަސްތުވާތަކެތި އެތެރެ ކުރުމުގެ ކުށް އޭނާގެ މައްޗަށް ސާބިތުވާ ކަމަށް ނިންމައި, އޭނާ އުމުރަށް ޖަލަށްލުމާއެކު 100,000ރ. އިން ޖޫރިމަނާކޮށް އެ ފައިސާ އެއް އަހަރު ތެރޭގައި ދައުލަތަށް ދައްކަން އަންގާ ކަމަށް ހުކުމުގައި ބުނެފައިވެ އެވެ.
އޭނާ އުމުރަށް ޖަލަށްލާން ހުކުމްކުރި ނަމަވެސް ބަންދުގައި ހޭދަކުރި މުއްދަތު އުނިކުރުމުން އޭނާ ދެން ތަންފީޒު ކުރަން ޖެހޭނީ 22 އަހަރާއި 14 މަސް ދުވަހުގެ ހުކުމެކެވެ
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!