ނުރަސްމީ ދަތުރުފުޅެއްގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިރޭ ސިންގަޕޫރަށް ފުރާވަޑައިގެންފިއެވެ.

ރައީސް ނުރަސްމީ ދަތުރުފުޅެއްގައި ރާއްޖެއިން ބޭރަށް ފުރާވަޑައިގެންފައިވާއިރު، މި ދުވަސްވަރަކީ ޙައްޖު ދުވަހާއި ބޮޑު ޢީދާއި ގުޅިގެން ސަރުކާރު ބަންދު ދުވަސްވަރެކެވެ.

Ad
rt

މެއި މަހުގެ 24 ވާ އާދީއްތަ ދުވަހާއި، އެ މަހުގެ 25 ވާ ހޯމަ ދުވަހަކީ ސަރުކާރު ބަންދު ދެ ދުވަހުގެ ގޮތުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ކަނޑައެޅުއްވުމާއެކު، މެދުނުކެނޑޭ ގޮތަށް މެއި 22 އިން 30 އަށް ދިގު އީދު ޗުއްޓީ އެއް ވަނީ ލިބެފައެވެ.

މިއަހަރުގެ ޙައްޖު ދުވަސް ދިމާވަނީ މެއި 27 އާއެވެ. އަދި ބޮޑު ޢީދު ދުވަސް ދިމާވަނީ މެއި 28 އާއި އެވެ.

ޙައްޖުގެ މަތިވެރި އަޅުކަމަށް ދިޔަ ދިވެހި ޙާޖީން މިރޭގެ ވަގުތެއްގައި މިނާއަށް ދާން ފުރާނެއެވެ.