ރައީސަ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅާ އެއްގޮތަށް، ރ. ހުޅުދުއްފާރުގެ އިޚްތިޞާޞްގެ ތެރޭގައި އެ އަތޮޅު ގާއުނޑޫދޫ އަލުން ހިމެނުއްވުމަށް ނިންމަވައި އެކަން ރަސްމީކުރައްވައިފިއެވެ.
މި ނިންމެވުން ނިންމަވާފައިވަނީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ ދަށުން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުން ނެރުއްވި 9/2026 ނަންބަރު ޤަރާރުގެ ދަށުންނެވެ.
ހުޅުދުއްފާރުގެ އިޚްތިޞާޞަށް ގެނައި މި ބަދަލު ދައްކުވައިދޭ ޗާޓު ހިމެނޭހެން މިހާރު ވަނީ ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރައްވާފައެވެ.
މީގެ ކުރިން 2020 ވަނަ އަހަރުވެސް ގާއުނޑޫދޫ އޮތީ ހުޅުދުއްފާރުގެ އިޚްތިޞާޞްގެ ތެރޭގައެވެ. ނަމަވެސް، 2021 ވަނަ އަހަރުގެ އޮގަސްޓް މަހު ނެރުއްވި ޤަރާރަކުން، ސިނާޢީ ބޭނުމަކަށްޓަކައި އެ ރަށް ވަނީ ހުޅުދުއްފާރުގެ އިޚްތިޞާޞުން އުނިކޮށްފައެވެ.
މިހާތަނަށް ގާއުނޑޫދޫ ބޭނުންކުރެވެމުންދިޔައީ މިނިސްޓްރީ އޮފް އެގްރިކަލްޗަރގެ ބެލުމުގެ ދަށުން ސިނާޢީ މަސައްކަތްތަކަށެވެ.
ރައީސްގެ ،ި ނިންމެވުމާއެކު، އެ ރަށް އަލުން އަނބުރާ ހުޅުދުއްފާރު ކައުންސިލްގެ އިޚްތިޞާޞްގެ ދަށަށް ވަނީ ރުޖޫޢަވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!