މާލޭގެ ގެއެއްގެ ފަންގިފިލާއެއްގައި އަލިފާން ރޯވެއްޖެއެވެ.
އެމްއެންޑީއެފުން ބުނީ، ގަލޮޅު ހުވަފެނީ ގޯޅީގައި ހުރި ގެއެއްގައި އަލިފާން ރޯވެގެން، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ހަރަކާތްތެރިވަމުން އަންނަކަމަށެވެ.
މި ހާދިސާ އާއި ގުޅޭގޮތުން ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް (އެންޑީއެމްއޭ) އިން ބުނީ، ގ.ހިޔާރޯދީ 1 ގެ އެއްވަނަ ފަންގިފިލާގައި ގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އުޅޭތީ އެ އޮތޯރިޓީން ހަރަކާތްތެރިވަމުން އަންނަކަމަށެވެ.
އަލިފާ ރޯވެފައިވާ ތަނަކީ ގުދަނެއް ގޮތުގައި ބޭނުންކުރާ ތަނެއް ކަމަށް ވެސް އެންޑީއެމްއޭ އިން ވީ ބުނެފައެވެ.
ފުލުން ވެސް ވަނީ މި ހާދިސާ ހިނގައިގެން އެމްއެންޑީއެފާއެކު ހަރަކާތްތެރިވަމުން އަންނަކަމަށް ބުނެފައެވެ. އެ އިދާރާ އަށް މި ހާދިސާގެ ރިޕޯޓު ލިބިފައި ވަނީ ހެނދުނު 10:45 ހާއިރުއެވެ.
ފުލުހުން ބުނިގޮތުގައި އެތަނުގައި ރޯވި އަލިފާން މިހާރު ވަނީ ކޮންޓްރޯލް ކުރެވިފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!