ސްޕޯޓްސް އެވޯޑުގެ ކާމިޔާބީ އަށް ޝިމްލާ އަށް ކެލާ ކައުންސިލްގެ މަރުޙަބާ
ސްޕޯޓްސް އެވޯޑްގައި ”ޓެކްނިކަލް އޮފިޝަލް އޮފްދަ އިޔަރ”ގެ އެވޯޑް ލިބުނު ހއ. ކެލާ/ފައިންރޯޒް، އައިޝަތު ޝިމްލާ (ޝިމް) އަށް އެރަށު ކައުންސިލުން މަރުހަބާ ކިޔައިފިއެވެ. ކެލާ ކައުންސިލުން ވަނީ ޝިމްގެ މި ކާމިޔާބީ އަކީ ރަން ވަނައެއްގެ ގޮތުގައި ސިފަކޮށްފައެވެ. އަދި ޝިމްގެ މި ކާމިޔާބީ އަށް އެ ކައުންސިލާއި ކެލާ ރައްޔިތުންގެ ނަމުގައި މަރުޙަބާ ކިޔާފަވެއެވެ. ޝިމް އަކީ ހޭންޑް ބޯލްގެ ދަނޑުގައި އިތުބާރު ލިބިފައިވާ ރްފެރީއެކެވެ. 2022 ވަނަ އަހަރު ހޭންޑް ބޯލް ރެފްރީ ކޯސް […]