ދިވެހި ފިލްމީ ދާއިރާގައި މަޝްހޫރު ކުރީގެ ފިލްމް ޑައިރެކްޓަރު އަބްދުލް ފައްތާހުގެ މައްޗަށްކުރެވޭ ކަށުނަމާދު ފަތިސްނަމާދަށްފަހު ދިއްދޫ ހުކުރު މިސްކިތުގައި ބާއްވަން ނިންމައިފިއެވެ.

ދިއްދޫ ކައުންސިލުން މިރޭ ބުނީ ފައްތާހުގެ މައްޗަށް ކުރެވޭ ކަށުނަމާދު މިރޭ ފަތިސްނަމާދަށްފަހު އެރަށު މަސްޖިދުއް ޣުފްރާން (ހުކުރު މިސްކިތް)ގައި އޮންނާނެ ކަމަށެވެ.

Ad
rt

އެއަށްފަހު ޖަނާޒާ ބާއްވަން ނިންމާފައި ވަނީ އެރަށު ދެކުނު ސަހަރާގައެވެ.

އުމުރުން 54 އަހަރުގައި ފައްތާހު ނިޔާވީ ހާޓް އެޓޭކެއް ޖެހިގެން ދިއްދޫގައި ހުންނަ ހއ.އަތޮޅު ހޮސްޕިޓަލް ފަރުވާދެމުން ދަނިކޮށެވެ.

ފައްތާހު އަށް ހާޓް އެޓޭކެއް ޖެހިގެން އިމަޖެންސީގައި ފަރުވާ އަށް ހއ. ދިއްދު އަށް ގެންދިޔައީ މިރޭ އިރާކޮޅެވެ.

ފައްތާހު ކުއްލި ގޮތަކަށް ނިޔާވެއްޖެ

ކެލަޔަށް ނިސްބަތްވާ ފައްތާހަކީ ދިވެހި ފިލްމީ ދާއިރާގައި އެންމެ ފާހަގަކޮށްލެވޭ އެއް ޑައިރެކްޓަރެވެ. އޭނާ ވަނީ 2004 ވަނަ އަހަރު އާންމު ހިދުމަތުގެ ގައުމީ އިނާމު ހާސިލުކޮށްފައެވެ.

ފައްތާހު ނިޔާވެފައިވާއިރު، އޭނާ އައީ ވެރިކަންކުރާ ޕީއެންސީގެ ޓިކެޓްގައި ހއ.ކެލާ ރަށު ކައުންސިލްގެ ރައީސްކަމަށް ވާދަކުރުމަށް ތައްޔާރުވަމުންނެވެ. ފައްތާހު ނިޔާވުމުގެ ހިތާމާގައި ކެލާ ދާއިރާގެ މަޖިލިސް މެމްބަރު ޢަބުދުﷲ ޝަރީފް ކުރެއްވި ޕޯސްޓެއްގައި ފައްތާހުގެ ކުއްލި ވަކިވުމަކީ ޕީއެންސީއަށާއި، ކެލައަށާއި އަދި ޢާއިލާ އަށް ލިބުނު ފޫނުބެދޭވަރުގެ ހިތާމައެއްކަމަށް ވިދާޅުވެފަވެއެވެ.