ހދ.އަތޮޅު ކަންސިލުން އިންތިޒާމް ކޮށްގެން ކުރިއަށްގެންދާ "ތިލަދެކުނު ފުޓްސަލް މުބާރާތް 2025"ގެ އަންހެން ޑިވިޜަން ސެމީ ފައިނަލްގެ ދެވަނަ މެޗުގައި ހަނި ތަފާތަކުން ފިނޭގެ ޑެޒަޔަރ ކްރޫ ސްޕޯޓްސް (ވީއައިއީ)އަތުން މޮޅެއް ހޯދައި، ނޮޅިވަރަންފަރު ސްޕޯޓްސް ކްލަބް ފައިނަލަށް ދަތުރުކޮށްފިއެވެ.

މިއަދު ހަވީ ކުޅުނު މި މެޗުގައި ފިނޭ ބަލިވީ 0-1 އިންނެވެ. މި މެޗުން ފިނޭ ބަލިވެ މުބާރާތުން ވަކިވާންޖެހުނު ނަމަވެސް އެ ޓީމުން ވަނީ މުޅި މުބާރާތުގައި ވަރަށް މޮޅު ކުޅުމެއް ދައްކާފައެވެ.

Ad
rt

އަންހެން ޑިވިޜަން ސެމީ ފައިނަލްގެ ދެވަނަ މެޗުގައި ނޮޅިވަރަންފަރު ސްޕޯޓްސް އިން ޖެހި ހަމައެކަނި ލަނޑު ފެނިގެން ދިޔައީ މެޗުގެ ފަހު ހާފުގައެވެ. މި ލަނޑު ޖަހައިދިނީ އެ ޓީމުގެ ޖާޒީ ނަންބަރު 7 ބަޝީރާ ޖައުފަރެވެ.

މި މެޗުގެ ކްއީން އޮފްދަ މެޗަކަށް ހޮވިފައި ވަނީ ޖާޒީ ނަންބަރު 12 ސާދުނާ އަބުދުލްޙަކީމެވެ. މި އިނާމް ހަވާލުކޮށްދެއްވީ ޝަރަފްވެރި މެހްމާން ނައިވާދޫ ކައުންސިލް މެމްބަރު ފަޒުރާ އަލީއެވެ.

ތިލަދެކުނު ފުޓްސަލް: ބޮޑު މޮޅެއް ހޯދައި އަންހެން ޑިވިޜަންގެ ފައިނަލްގެ ފުރަތަމާ ޖާގަ ކުމުންދޫއަށް

އަންހެން ޑިވިޜަންގެ ފައިނަލުގައި ނޮޅިވަރަންފަރު ކުރިމަތިލާން ޖެހޭނީ ކުމުންދޫ އާއެވެ.

ނައިވާދޫގައި ކުޅެމުން އަންނަ މި މުބާރާތުގެ ފައިނަލް އޮންނާނީ އަންނަ ބުރާސްފަތި ދުވަހުއެވެ.

މިމުބާރާތުގެ ފިރިހެން ޑިވިޜަންގައި 9 ޓީމު އަދި އަންހެން ޑިވިޜަންގައި 5 ޓީމު ބައިވެރިވެފައިވެފައިވެއެވެ.