ހދ.އަތޮޅު ކަންސިލުން އިންތިޒާމް ކޮށްގެން ކުރިއަށްގެންދާ "ތިލަދެކުނު ފުޓްސަލް މުބާރާތް 2025"ގެ އަންހެން ޑިވިޜަން ސެމީ ފައިނަލް ފުރަތަމަ މެޗުގައި ހަނިމާދޫގެ މައްޗަށް ބޮޑު މޮޅެއް ހޯދައި ކުމުންދޫ ސްޕޯޓްސް ކްލަބް ފައިނަލްގެ ފުރަތަމަ ޖާގަ ކަށަވަރުކޮށްފިއެވެ.

ކުމުންދޫ ފައިނަލްގެ ޖާގަ ކަށަވަރުކުރީ މިއަދު ހަވީރު ކުޅުނު އަންހެން ޑިވިޜަންގެ ސެމީގެ ފުރަތަމަ މެޗުގައި 0-4 އިން ހަނިމާދޫ ބަލިކޮށްގެންނެވެ.

Ad
d

މި މެޗު ފަށައި މެޗުގެ 4 ވަނަ މިނިޓްގައި ކުމުންދޫ އިން ވަނީ ލަނޑުޖަހައި ލީޑް ނަގާފައެވެ. މިލަނޑު އެ ޓީމަށް ޖަހައިދިނީ އެ ޓީމްގެ ޖާޒީ ނަންބަރު 13، ކެޕްޓަން، ސާއިދާ މޫސާ ދިން ބޯޅައަކުން މެޗުގައި މޮޅުކުޅުމެއްދެއްކި ޖާޒީ ނަންބަރު 8 ނައުފާ އިބްރާހީމެވެ.

މި ހާފުގައި ކުމުންދޫއިން ވަނީ ދެވަނަ ލަނޑެއްޖަހައި ލީޑްފުޅާކޮށްފައެވެ. މި ލަނޑު ޖަހައިދިނީ މުބާރާތުގައި ވަރަށް ފާހަގަކޮށްލެވޭ ކުޅުމެއް ދައްކަމުން އަންނަ ޖާޒީ ނަންބަރު 12 ރާޝިދާ މޫސާއެވެ.

ތިލަދެކުނު ފުޓްސަލް މުބާރާތުގެ ސެމީގެ މެޗުތައް މިއަދު

ކުމުންދޫ އިން ވަނީ ދެވަނަ ހާފު ފެށުމާއެކު އިތުރު ލަނޑެއްޖަހައި ފައިނަލްގެ ޖާގައިގެ އުންމީދު އައުކޮށްފައެވެ. ފަހު ހާފު ފަށައި ދެވަނަ މިނިޓްގައި މި ލަނޑު ޖަހައިދިނީ އެ ޓީމުގެ ކެޕްޓަން، ޖާޒީ ނަންބަރު 13 ސާއިދާ މޫސާ އެވެ. އަދި ހަތަރު ވަނަ ލަނޑުވެސް ޖަހައިދިނީ އޭނާއެވެ. މިއީ ސާއިދާ މި މުބާރާތުގައި ޖެހި 10 ވަނަ ލަނޑެވެ.

Ad
df

މި މެޗުގެ ކްއީން އޮފްދަ މެޗުގެ މަގާމު ހޯދީ ކުމުންދޫގެ ޖާޒީ ނަންބަރު 12 ރާޝިދާ މޫސާއެވެ. މި އިނާމް ހަވާލުކޮށްދެއްވީ މެޗްގެ ޝަރަފްވެރި މެހްމާން ނައިވާދޫ ކައުންސިލް މެމްބަރު ޒީނިޔާ އިބްރާހިމެވެ.