ހދ.އަތޮޅު ކަންސިލުން އިންތިޒާމް ކޮށްގެން ކުރިއަށްގެންދާ "ތިލަދެކުނު ފުޓްސަލް މުބާރާތް 2025"ގެ ސެމީ ފައިނަލް މެޗުތައް މިއަދު ކުޅޭނެއެވެ.

ނައިވާދޫގައި ކުރިއަށްދާ މި މުބާރާތުގެ ސެމީގެ މެޗުތައް އޮންނާނީ މިއަދު ހަވީރާއި މިރެއެވެ. ހަވީރު ކުޅޭނީ އަންހެން ޑިވިޜަންގެ ސެމީގެ މެޗުތަކެވެ. ރޭގަނޑު ކުޅޭނީ ފިރިހެން ޑިވިޜަންގެ ސެމީގެ މެޗުތަކެވެ.

Ad
rt

މިގޮތުން ހަވީރު 15:45 ގައި ފަށާ އަންހެން ޑިވިޜަންގެ ސެމީގެ ފުރަތަމަ މެޗުގައި ކުޅޭނީ ކުމުންދޫ ސްޕޯޓްސް ކްލަބާއި ޓީމް ހަނިމާދޫއެވެ. 16:45 ގައި ފަށާ ސެމީގެ މެޗުގައި ބައްދަލުކުރާނީ ފިނޭގެ ޑެޒަޔަރ ކްރޫ ސްޕޯޓްސް (ވީއައިއީ) އަދި ނޮޅިވަރަންފަރު ސްޕޯޓްސް ކްލަބެވެ.

ރޭގަނޑު ކުޅޭ ފިރިހެން ޑިވިޜަންގެ ސެމީގެ ފުރަތަމަ މެޗު 20:00 ގައި ކުޅެން ހަމަޖެހިފައިވާއިރު މި މެޗުގައި އޮންނާނީ ނައިވާދޫގެ ދެ ޓީމުގެ ކުރިމަތިލުމެކެވެ. އެއީ ނައިވާދޫ ޓްރޭނާސް ސްޕޯޓްސް ކްލަބާއި އަޅޭ އެފްސީ ބައްދަލުކުރާ މެޗެވެ. 21:00 ގައި ކުޅޭ ސެމީގެ މެޗުގައި ބައްދަލުކުރާނީ ކުޅުދުއްފުށީ ސިޓީގެ މަގުލަސް ކްލަބާއި، ކުމުންދޫގެ ބީޗް ސިޓީ ސްޕޯޓްސް ކްލަބެވެ.

މިމުބާރާތުގެ ފިރިހެން ޑިވިޜަންގައި 9 ޓީމު އަދި އަންހެން ޑިވިޜަންގައި 5 ޓީމު ބައިވެރިވެފައިވެފައިވެއެވެ.

2 ޑިސެމްބަރުގައި ފެށި މި މުބާރާތުގެ ފައިނަލް މެޗުތައް ކުޅޭނީ 11 ޑިސެމްބަރު ވާ ބުރާސްފަތި ދުވަހުއެވެ.