ކ. ގުޅީ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢު ނިންމުން ފާހަގަކޮށް، އެރަށު ބަނދަރު ތަރައްޤީކުރަން މިއަދު ހަވާލުކޮށްފިއެވެ.

މިކަމަށް މިއަދު ހަވީރު އެރަށުގައި ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒެވެ.

Ad
rt

މި ރަސްމިއްޔާތުގެ ތެރެއިން ގުޅީ ބިންހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ނިމުން ފާހަގަކުރުމަށް ސަރުކާރުގެ ފަރާތުން ވަނީ ގުޅީ ކައުންސިލާ ހަނދާނީ ފިލައެއް ހަވާލުކޮށްފައެވެ. މި ފިލާ ކައުންސިލާ ޙަވާލުކޮށްދެއްވީ އިމާރާތްކުރުމާއި ގެދޮރުވެރިކަމާ ބިނާރަބެހޭ ވަޒީރު ޑރ.ޢަބްދުﷲ މުއްތަލިބެވެ. އަދި އެރަށު ކައުންސިލްގެ ފަރާތުން ފިލައާއި ޙަވާލުވެލެއްވީ ގުޅީ ކައުންސިލްގެ ރައީސް މޫސާ ސަފީލްއެވެ.

ގުޅީ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ދަށުން، 10.15 ހެކްޓަރުގެ ބިން ގުޅިއަށް އިތުވެފައިވާއިރު، މީގެ އިތުރުނ،ް ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތުގެ ދަށުން، 749 މީޓަރުގެ ބޮޑު ހިލައިގެ ރިވެޓްމަންޓަކާއި، 325 މީޓަރުގެ ޖިއޯބޭގް ރިވެޓްމަންޓަކާއ،ި 77 މީޓަރުގެ ބޮޑުހިލައިގެ ގްރޮއިންސް ޖެހުމުގެ މަސައްކަތް ވަނީ ކޮށްފައެވެ. މި މަޝްރޫއަކީ 89.63 މިލިއަން ރުފިޔާގެ މަސައްކަތެކެވެ.

މި މަޝްރޫއުތައް ކުރިއަށްގެންދިޔައީ އެމްޓީސީސީއާ ޙަވާލުކޮށްގެންނެވެ.

މީގެ އިތުރުން މިއަދުގެ ރަސްމިއްޔާތުގައި ވަނީ އެރަށު ގޮނޑުދޮށް ހިމާޔަތް ކުރަން ހަވާލުކޮށްފައެވެ. އެ މަޝްރޫޢު ވެސް ހަވާލުކުރީ އެމްޓީސީސީއާ އެވެ.

މި މަޝްރޫޢުގެ ދަށުނ،ް 56،295 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ފަޅު ފުންކުރުމާއި، 324 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި، 8 މީޓަރުގެ ސަރަހައްދެއްގައި ފެނުއަޑީގައި ބޭރުތޮށި ލުމާ،އި 270 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުމާއި، 283 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށި ލުމާއި، 280 މީޓަރުގެ އެއްގަމުތޮށި މަރާމާތު ކުރުމާއި، 100 މީޓަރު ދިގު އަދި 2 މީޓަރު ފުޅާ ކޮންކްރިޓް ޖެޓީއެއް ހެދުމާއި، 3,170 އަކަމީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހެދުމުގެ މަސައްކަތް ކުރާނެއެބެ.

މި މަޝްރޫޢަކީ 85.81 މިލިއަން ރުފިޔާއަށް 510 ދުވަސްތެރޭ ނިންމަން އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަޝްރޫޢެކެވެ.