ތިލައުތުރު ފުޓްސަލް މުބާރާތުގެ ޗެރިޓީ ޝީލްޑް އިހަވަންދޫ އިން ކާމިޔާބުކޮށްފި
ހއ. އަތޮޅު ކައުންސިލުން އިންތިޒާމްކޮށްގެން އެ އަތޮޅުގެ ރަށްތަކަށް ބާއްވާ “ތިލައުތުރު ފުޓްސަލް މުބާރާތް 2025″ގެ ޗެރިޓީ ޝީލްޑް އިހަވަންދޫ އިން ރޭ ކާމިޔާބުކޮށްފިއެވެ. މި މުބާރާތް ފެށުމުގެ ކުރިން ކުޅުނު ޗެރިޓީ މެޗުގައި އެންމެ ފަހުގެ ޗެމްޕިއަން އިހަވަންދޫ އާއި ވާދަކުރީ މުބާރާތް ހޯސްޓްކުރާ ރަށް ކަމަށްވާ އުތީމެވެ. ރޭ 20:30 ގައި ފެށި މި މެޗުގެ ފުރިހަމަ ކުޅުން ހަމަވިއިރު ދެ ޓީމު އޮތީ 1-1ގެ ނަތީޖާއަކުން އެއްވަރު ވެފައެވެ. މެޗުގައި ފުރަތަމަ ލަނޑު […]