‏ޅ.ނައިފަރަށް ދަތުރުކުރަމުން ދިޔަ ބޯޓަކަށް ދިޔަވާތީ ސިފައިން ހަރަކާތްތެރިވާން ފަށައިފިއެވެ.

ދިޔަވަމުން ދަނީ "ނަސްރު" ނަމަކަށް ކިޔާ މުދާ އުފުލާ ބޯޓަކަށެވެ.

Ad
rt

އެމްއެންޑީއެފުން ބުނީ އެއީ މާލެއިން ޅ.ނައިފަރަށް ދަތުރުކުރަމުންދިޔަ މުދާ އުފުލާ ބޯޓެއް ކަމަށެވެ.

އެ ބޯޓަށް ދިޔަވާތީ، އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑު ފަސްޓް ސްކޮޑްރަންއިން ހަރަކާތްތެރިވެ، އެ ބޯޓުން ދަތުރުކުރަމުންދިޔަ ފަސް ފަޅުވެރިން ވަނީ ކޯސްޓްގާޑް ހާބަރ ކްރާފްޓަށް ނަގާފައިކަމަށް އެމްއެންޑީއެފުން ބުންޏެވެ.