މާލޭގެ މަޖީދީމަގުގައި ތޫނުއެއްޗަކުން ހަމަލާދީ މީހަކު ޒަޚަމްކޮށްލި މައްސަލައެއް ބަލަމުންއަން އަންނަކަމަށް ފުހުން މިރޭ ބުނެފިއެވެ.
މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ މި މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ މިއަދު ހަވީރު 5:15 އެހައިކަށްހާއިރު ކަމަށެވެ.
ފުލުހުން މަޢުލޫމާތު ދީފައިވާ ގޮތުގައި މި މާރާމާރީގައި އަނިޔާވެފައިވަނީ 28 އަހަރުގެ ދިވެހި ފިރިހެނެކެވެ. އަދި އޭނާއަށް ލިބިފައިވާ އަނިޔާތަކަށް ފަރުވާ ދިނުމަށްޓަކައި އައިޖީއެމް ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް ފުލުހުން މަޢުލޫމާތު ދެއެވެ.
މި މައްސަލައިގައި އެއްވެސް މީހަކު ހައްޔަރުކޮށްފަވާކަން ނުވަަތަ ނޫންކަން ފުލުހުން އަދި ނުބުނެެއެވެ. ނަމަވެސް މި މައްސަލަ ތަޙުޤީޤުކުރުމުގެ މަސައްކަތް ފުލުހުން ކުރިއަށް ގެންދާ ކަމަށް ފުލުހުން މަޢުލޫމާތު ދިނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!