ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލުން އިންތިޒާމް ކޮށްގެން ބާއްވާ ""އިހަވަންދޫ ކައުންސިލް ކަޕް ފުޓުބޯޅަ މުބާރާތް 2025" ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އިހަވަންދޫ ކައުންސިލުން ބުނީ މި މުބާރާތަކީ އެ ރަށުގެ ޒުވާނުންނަށް ހާއްސަކޮށްފައިވާ މުބާރާތެއް ކަމަށާއި، ވުމާއިއެކު މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ދިނުމަށް ނިންމާފައި ވަނީ ރަށު ޓީމްތަކަށް އެކަނި ކަމަށެވެ.

Ad
rt

މި މުބާރާތް ފެށުމަށް ހަމަޖެހިފައި ވަނީ އަންނަ އޮކްޓޯބަރ މަހުގެ 15 ވަނަ ދުވަހުއެވެ. މުބާރާތުގެ ޗެމްޕިއަން ޓީމަށް 50000 ރުފިޔާ އަދި ރަނަރަޕް ޓީމަށް 15000 ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައެވެ.

މި މުބާރާތުގައި ބައިވެރިވާން ބޭނުންވާ ޓީމްތަކުން، މުބާރާތުގައި ބައިވެރިވުމަށް ފުރިހަމަ ކުރަންޖެހޭ ފޯމް ފުރިހަމަ ކުރުމަށް ފަހު މި މަހުގެ 15 ވަނަ ދުވަހުގެ 13:00 ގެ ކުރިން ހުށަހެޅުމަށް އެ ކައުންސިލުން އެދެއެވެ.