މެލޭޝިޔާގެ ފުލުހުން ތަހްގީގުކުރަމުންދާ މައްސަލައަކާ ގުޅިގެން ދިވެހި ރައްޔިތަކު ހައްޔަރުކޮށްފިއެވެ.
މި މައްސަލައިގެ މަޢުލޫމާތު ދިވެހި ފުލުހުންގެ ޚިދުމަތަށް ލިބިފައިވާ ކަމަށް ފުލުހުންގެ ޚިދުމަތުން މަޢުލޫމާތު ދީފައިވެއެވެ.
މެލޭޝިޔާ ފުލުހުން ހައްޔަރުކޮށްފައިވަނީ އަބުދުލް ބާތިން މުހައްމަދު މުސްތަފާ ކިޔާ މީހެކެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން މަޢުލޫމާތު ދިންގޮތުގައި، ހައްޔަރުކުރެވުނު ފަރާތުގެ މައްޗަށް ތުހުމަތުކުރެވޭ ގެވެށި އަނިޔާގެ މައްސަލައެއް ދިވެހި ފުލުހުންގެ ޚިދުމަތުން ވެސް ދަނީ ތަހުގީގުކުރަމުންނެވެ.
މި މައްސަލައާ ގުޅޭ އިތުރު ތަފްސީލެއް މިވަގުތު ހާމަކޮށްފައެއް ނުވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!