މޯލްޑިވްސް ޙައްޖު ކޯޕަރޭޝަންގެ ހަވާލުގައި ޢުމްރާއަށް ދިޔަ ރ. ފައިނު، އުޑުވިލާގެ މަރިޔަމް ސިޔާމާ މިއަދު ނިޔާވެއްޖެއެވެ.

ސިޔާމާ އަކީ ފައިނު ސްކޫލްގެ ޕްރައިމަރީ ޓީޗަރެކެވެ.

Ad
rt

މަޢުލޫމާތު ލިބިފައިވާ ގޮތުގައި އުމުރުން 39 އަހަރުގެ ސިޔާމާ ނިޔާވެފައި ވަނީ ފުރަތަމަ ޢުމްރާ އަދާކުރުމަށްފަހު، މަދީނާ އަށް ގޮސް އެނބުރި މައްކާ އަށް އައުމުގެ ކުރިން ގުބާ މިސްކިތުގައި ދެ ރަކުޢަތުގެ ނަމާދެއް ކުރިތާ އިރުކޮޅެއްގެ ތެރޭގައެވެ.

ޝިޔާމާ ނިޔާވެފައި ވަނީ ރާއްޖޭގެ ގަޑިން މިއަދުގެ މެންދުރު 1:00 އާ ހާއިރުގައިކަމަށް ވެސް މައުލޫމާތު ލިބެއެވެ.

ޝިޔާމާ ނިޔާވުމާއި ގުޅިގެން ފައިނު ސްކޫލުން ވަނީ އެ ސްކޫލްގެ ހުރިހާ މުވައްޒަފުންނާއި، ބެލެނިވެރިން އަދި ދަރިވަރުންގެ ނަމުގައި ތައުޒިޔާ ކިޔާފައެވެ.

ސިޔާމާ ނިޔާވުމާއި ގުޅިގެން މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުގެ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ޝަކީލް ވެސް ވަނީ ހައްޖު ކޯޕަރޭޝަންގެ އެންމެހާ މުވައްޒަފުންގެ ނަމުގައި މަރްޙޫމާގެ ޢާއިލާއަށް ތަޢުޒިޔާ ދަންނަވާފައިވެއެވެ.

މަރްޙޫމާއަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރެއްވުން އެދި ދުޢާ ދަންނަވަމެވެ.