ލ. މާވަށުގައި ވަޅިން ހަމަލާދީ އިއްޔެ މަރާލާފައިވާ އުމުރުން 29 އަހަރުގެ މޫސާ އިބްރާހީމް (ނަލަހިޔާ، ލ. މާވަށް)ގެ ހަށިގަނޑު މާލެ ގެނެސްފިއެވެ.
ފުލުހުން ބުނިގޮތުގައި މޫސަގެ ހަށިގަނޑު ވަނީ ތަހްގީގުގެ ބޭނުމަށް އިތުރު ތަހްލީލްތައް ހެދުމަށް މާލެ ގެނެސްފައެވެ.
މޫސަގެ ހަށިގަނޑު މާލެ ގެނެސްފައި ވަނީ އިއްޔެގެ ވަގުތެއްގައެވެ.
އިއްޔެ ހެނދުނު މާވަށުގައި މިމާރާމާރީ ހިނގައިގެން އެކަމުގެ މައުލޫމާތު ފުލުހުންނަށް ލިބުނީ ހެނދުނު 10:12 ހާއިރު ކަމަށް އިއްޔެ ފުލުހުން ވަނީ ބުނެފައެވެ.
މި މާރާމާރި ހިނގުމުން މޫސަ ހޮސްލިޓަލަށް ގެންދިޔައިރު ވެސް ފުރާނަނެތްކަމަށް ހޮސްޕިޓަލުން ވަނީ ބުނެފައެވެ.
ފުލުހުން އިއްޔެ ވަނީ މޫސައަށް ހަމަލާދިނުމަށް ބޭނުންކުރިކަމަށް ބެލެވޭ ވަޅި މޫދުއަޑިން ހޯދާފައެވެ.
މީގެ އިތުރުން މި މައްސަލައިގެ ތުހުމަތުގައި ހދ.ނޮޅިވަރަންފަރު/އަސަރީމަންޒިލް، އުމުރުން 29 އަހަރުގެ މުހައްމަދު އިބްރާހިމް ވަނީ ހައްޔަރުކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!