ސިޔާސީ މަގާމްތަކުގައި ތިބި މީހުންގެ އަދަދު ސަރުކާރުން ހާމަކޮށްފިއެވެ.

މިއަދު ހާމަކޮށް ރައީސް އޮފީހުން ބުނިގޮތުގައި ސިޔާސީ މަގާމުތަކުގައި މިވަގުތު ތިއްބެވީ 922 ބޭފުޅުންކަމަށެވެ. މިގޮތުން ވަޒީރުންގެ ގޮތުގައި ތިއްބެވީ 20 ބޭފުޅުންނެވެ. ވަޒީރުންގެ ފެންވަރުގައި ތިއްބެވީ 14 ބޭފުޅުންނެވެ.

Ad
rt

ސްޓޭޓް މިނިސްޓަރުންގެ ގޮތުގައި 93 ބޭފުޅުން ތިއްބެވިއިރު، ސްޓޭޓް މިނިސްޓަރުން ފެންވަރުގައި 07 ބޭފުޅަކު އެބަތިއްބެވިއެވެ. ޑިޕިއުޓީ މިނިސްޓަރުންގެ ގޮތުގައި 216 ބޭފުޅުން އަދި ޑިޕިއުޓީ މިނިސްޓަރުންގެ ފެންވަރުގައި 20 ބޭފުޅުން އެބަތިއްބެވިއެވެ.

މި ސަރުކާރުގެ ސީނިއަރ ޕޮލިޓިކަލް ޑިރެކްޓަރުންގެ ގޮތުގައި ތިއްބެވީ 318 ބޭފުޅުންނެވެ. ސީނިއަރ ޕޮލިޓިކަލް ޑިރެކްޓަރުންގެ ފެންވަރުގައި 08 ބޭފުޅުން، ޕޮލިޓިކަލް ޑިރެކްޓަރުންގެ ގޮތުގައި 169 ބޭފުޅުން، ޕޮލިޓިކަލް ޑިރެކްޓަރުންގެ ފެންވަރުގައި 04 ބޭފުޅުން، އެސިސްޓެންޓް ޕޮލިޓިކަލް ޑިރެކްޓަރުންގެ ގޮތުގައި 04 ބޭފުޅުން އަދި އެހެނިހެން ސިޔާސީ މަޤާމުތަކުގައި 49 ބޭފުޅުން އެބަތިއްބެވިއެވެ.

ސިޔާސީ މަޤާމުތަކަށް ޢައްޔަނުކުރައްވާ ބޭފުޅުން ވަކިކުރެއްވުމާއި، އިސްތިޢުފާ ދެއްވުމާއި، އަދި އަލަށް ބޭފުޅުން ޢައްޔަނު ކުރެއްވުމަކީ، ކޮންމެ ރިޔާސީ ދައުރެއްގެ ތެރޭގައިވެސް ހިނގަހިނގާ ހުންނަ ކަމަކަށް ވާތީ، ސިޔާސީ މުވައްޒަފުންގެ ޖުމްލަ ޢަދަދަށް، އަބަދުވެސް ބަދަލު އަންނަމުން ދާނެކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.