މަޑުޖެހިފައިހުރި މަޝްރޫޢުތައް ބާރު ދުވެލީގައި ކުރިއަށްގެންދަން ރައީސް އިރުޝާދު ދެއްވައިފި
ތަކެތި ލިބުމުގައި ދިމާވި ދަތިތަކާ ގުޅިގެން މަޑުޖެހިފައިހުރި ތަރައްޤީގެ ގިނަ މަޝްރޫޢުތައް އަލުން ބާރު ދުވެއްޔެއްގައި ކުރިއަށްގެންދިއުމަށް ރައީސުލްޖުމްހޫރިއްޔާ، ވަޒީރުންގެ މަޖިލީހަށް މިއަދު އިރުޝާދު ދެއްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ މިގޮތަށް އިރުޝާދު ދެއްވީ ސަރުކާރުން ހިންގަވާ ތަރައްޤީގެ މަޝްރޫޢުތަކުގެ އެންމެ ފަހުގެ އަދާހަމަ މަޢުލޫމާތު ޙިއްޞާކުރައްވައި، އެ މަސައްކަތްތައް ތަންފީޒުކުރުމުގެ ދުވެލި ހަލުވިކުރުމާ ގުޅޭގޮތުން މަޝްވަރާކުރެއްވުމަށް ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ މަސައްކަތު ބައްދަލުވުމުގަ...