ހުޅުމާލޭގައި ހުރި ގުދަނެއްގައި އަލިފާން ރޯވެއްޖެއެވެ.

ފުލުހުން ބުނިގޮތުގައި ރޯވެފައި ވަނީ ހުޅުމާލެ ފޭސް 1، އިންޑަސްޓްރިއަލް ޒޯންގައި ހުރި ގުދަނެއްގައެވެ.

Ad
rt

އެތަނުގައި އަލިފާން ރޯވުމާ ގުޅިގެން ފުލުހުންނާއި އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއުއިން ހަރަކާތްތެރިވަމުން އަންނަކަމަށް ފުލުހުން ބުންޏެވެ.

މިހާދިސާ ހިނގައިގެން ހަރަކާތްތެރިވަމުން އަންކަން ހާމަކޮށް އެމްއެންޑީއެފުން ބުނީ އެތަނުގައި އަލިފާން ރޯވެގެން އެ މަޢުލޫމާތު އެ އިދާރާ އަށް ލިބިފައިވަނީ މިރޭ 18:48 ހާއިރު ކަމަށެވެ.

މި ހާދިސާ އާއި ގުޅިގެން ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް (އެންޑީއެމްއޭ) އިން ބުނީ ރޯވެފައި ވަނީ ނހުޅުމާލޭގައި ހުންނަ އެންސިސް ގުދަނުގައި ކަމަށެވެ. އަދި އެކަން އެ އޮތޯރިޓީން ބަލަމުން އަންނަކަމަށް ވެސް ބުންޏެވެ.

މި ހާދިސާގެ އިތުރު ތަފްސީލެއް އަދި ނުލިބެއެވެ.