ރާއްޖޭގައި ހައުސިންގ ޕްރޮޖެކްޓް ހިންގުމަށް ނޫމަޑި ރިސޯޓްސް އެންޑް ރެސިޑެންސަސް އާއެކު ވި އެއްބަސްވުން، ކުރީ ސަރުކާރުން އުވާލި މައްސަލާ ގުޅިގެން، ސެޓްލްމެންޓް އެގްރީމެންޓް ހަދައި ދައުލަތުން ނޫމަޑިއަށް 55 މިލިއަން ޑޮލަރު (848 މިލިއަން ރުފިޔާ) ދޭން ޖެހުނު މައްސަލައިގައި އިހުމާލުވި މީހުންނާ މެދު ފިޔަވަޅު އަޅައި އެކަމުން ދައުލަތަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ވަނީ އެމައްސަލަ ބަލާފައެވެ. މިއަދުގެ ޖަލްސާގައިވަނީ އެ ކޮމެޓީއިން އެމައްސަލަ ބެލުމަށްފަހު އެކަމާގުޅިގެން އަޅަން ޖެހޭ ކަންކަން ހިމަނައި، މަޖިލީހަށް ހުށަހެޅި ރިޕޯޓަށް ވޯޓަށް އަހައިފައެވެ.
އެ މައްސަލައިގައި އިހުމާލުވި މީހުންނާ މެދު ފިޔަވަޅު އަޅައި އެކަމުން ދައުލަތަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްވީ، އެކަމާއި ގުޅޭ މާލިއްޔަތު ކޮމެޓީގެ ރިޕޯޓް މިއަދު މަޖިލީހުގެ ޖަލްސާގައި ތިއްބެވި 63 މެންބަރުންގެ ތެރެއިން 60 މެންބަރުން ވޯޓު ދެއްވައިގެންނެވެ.
ކުރީ ސަރުކާރުން ނޫމަޑިއާއިއެކު ހައުސިންގ ޕްރޮޖެކްޓް ކުރިއަށް ނުގެންދަން ނިންމުމުގެ ސަބަބުން ރާއްޖެގެ ބައެއް ރަށްތަކުގައި އޭރު ނޫމަޑިން އަޅަންފަށާފައިވާ ހައުސިންގ ޔުނިޓްތައް އެޅުން ހުއްޓި މިހާރު ދަނީ ވީރާނާ ވަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!