ހުޅުމާލޭ ފޭސް 2 ގެ ހިޔާ ޕާކު ސަރަޙައްދުގައި ބިދޭސީއަކަށް ތޫނު އެއްޗަކުން ހަމަލާދީ ރޭ ޒަޚަމްކޮށްލި މައްސަލާގައި 16 އަހަރުގެ ފިރިހެން ކުއްޖަކު ހައްޔަރުކޮށްފިއެވެ.
މި މާރާމާރީ އާއި ގުޅިގެން ފުލުހުން ހަރަކާތްތެރިވަމުން އަންކަން ހާމަކުރީ ރޭ 22:52 ހާއިރުއެވެ.
ފުލުހުން ބުނީ މި މައްސަލާގައި 16 އަހަރުގެ ދިވެހި ފިރިހެން ކުއްޖަކު އެ މުއައްސަސާގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.
މި ހަމަލާ އަމާޒުވެފައި ވަނީ އިންޑިއާ އަށް ނިސްބަތްވާ ފިރިހެނަކަށެވެ.
އެމީހާ ލިބުނު އަނިޔާއަށް އަންނަނީ ހުޅުމާލޭ ހޮސްޕިޓަލްގައި ފަރުވާދެމުންނެވެ.
މި މައްސަލަ ތަހްގީގު ކުރަމުން އަންނަކަމަށް ފުލުހުން ބުންޏެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!