ދ. ވާނީގައި ތަމްރީނު ހަދަމުންދިޔަ ރެކްރޫޓް ފުލުހެއްގެ ހާލު ކުއްލިއަކަށް ދެރަވެ، ފަރުވާއަށް މާލެ ގެނެސްފައިވާކަމަށް ފުލުހުން މިރޭ ބުނެފިއެވެ.
ފުލުހުންގެ ޚިދުމަތުން މަޢުލޫމާތު ދިން ގޮތުގައި، އެ ފުލުސް މީހާގެ ހާލު ދެރަވެގެން އެންމެ ފުރަތަމަ ގެންދިޔައީ ކުޑަހުވަދޫ ހޮސްޕިޓަލަށެވެ. ނަމަވެސް ހާލަތު ސީރިއަސްވުމާ ގުޅިގެން މިއަދު މެންދުރު އޭނާ ވަނީ މާލެއަށް އެއަރލިފްޓް ކުރެވިފައިކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނިގޮތުގައި އެ ފުލުސްމީހާއަށް ފަރުވާދެމުން ދަނީ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގައެވެ.
އެ ފުލުސްހާގެ ހާލު ''ކްރިޓިކަލް'' ކަމަށް ވެސް ފުލުހުން މައުލޫމާތު ދެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!