ފުރަތަމަ ކެންސަރު ހޮސްޕިޓަލުގެ އަމަލީ މަސައްކަތްތައް އަންނަ އަހަރު ފެށޭނެކަމުގެ ބޮޑު ޔަޤީންކަމެއް އެބައޮތްކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރޭ ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ، ރޭ ދަރުބާރުގޭގައި ބޭއްވި، ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައެވެ.

Ad
rt

މި ޖަލްސާގައި ރައީސް ދެއްކެވި ވާހަކަފުޅުގައި ކުރިއަށް އޮތް 2025 ވަނަ އަހަރަކީ ދިވެހިރާއްޖޭގައި ކެންސަރު ބައްޔަށް ޚާއްޞަކޮށްގެން އަޅާ ފުރަތަމަ ހޮސްޕިޓަލުގެ އަމަލީ މަސައްކަތްތައް ފެށިގެންދާނެ އަހަރަށް ވާނެކަމުގެ ބޮޑު ޔަޤީންކަމެއް އެބައޮތް ވަނީ ވިދާޅުވެފައެވެ.

ރައީސް ވިދާޅުވީ، ބައެއް ބޭބޭފުޅުން ޖޯކު ޖެއްސެވިކަމުގައިވީ ނަމަވެސް، ކެންސަރު ބައްޔަށް ފަރުވާދިނުމަކީ ހޮސްޕިޓަލެއްގެ ޑިޕާޓްމަންޓެއްގެ އަރިމަތީގައި ދެމުންދާންޖެހޭ ފަދަ ޚިދުމަތެއް ނޫން ކަމަށެވެ.

ރާއްޖޭގެ އަދުގެ ޙާލަތު އޮތް ގޮތުން ކެންސަރު ބަލީގެ ކަންކަމަށް ޚާއްޞަ، ފުލް-ފްލެޖު ހޮސްޕިޓަލެއް ހުންނަންޖެހޭކަން ފާހަގަކުރައްވަމުން ރައީސް އިތުރަށް ވިދާޅުވީ، މިކަން ޙަޤީޤީތަކަށް ހެދުމަށްޓަކައި އެކުވެރި ދައުލަތަކާއެކު މަޝްވަރާ ކުރެވި ހަލުވި ދުވެލީގައި މަރުހަލާއަކަށްފަހު މަރުހަލާއެއް ނިންމާ، ފުރިހަމަ ކުރެވެމުންދާކަމަށެވެ.

މި ސަރުކާރުން ވަނީ ކެންސަރ ހޮސްޕިޓަލުގެ އިތުރުން، ދިވެހިރާއްޖޭގައި، ޚާއްޞަކޮށް ޒުވާނުންގެ މެދުގައި އެންމެ ނުތަނަވަސްވެފައިވާ ނަފުސާނީ ބަލީގެ ކަންކަމުގެ ފަރުވާއަށް ލ.ގަމުގައި ހޮސްޕިޓަލު ތަރައްޤީކޮށް، އަންހެނުންނާއި ކުޑަކުދިންނަށް ޚާއްޞަ ހޮސްޕިޓަލެއް ހުޅުމާލޭގައި ތަރައްޤީ ކުރަން ވެސް ނިންމާފައެވެ. މިކަން ފާހަގަކުރަށްވަމުން ރައީސް ވިދާޅުވީ، ރައްޔިތުންގެ ފަޅީގައި ތިބެގެން ވެރިކަން ކުރާ ބަޔަކުނަމަ ކުރަންޖެހޭނީ އެފަދަ ކަންކަމެވެ.