މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ބ. އަތޮޅުން ފެށިގެން ލ. އަތޮޅަށް (08:00 އިން 14:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ
Topic Archive

#ނަސްރުގެ ދުވަސް

7 Stories filed
މިނިވަންކަން ދެމިއޮތުމުގައި ސިފައިންގެ ހިތްވަރާއި ޤުރުބާނީން އިބުރަތް ލިބިގަންނަންޖެހޭ: ރައީސް
News

މިނިވަންކަން ދެމިއޮތުމުގައި ސިފައިންގެ ހިތްވަރާއި ޤުރުބާނީން އިބުރަތް ލިބިގަންނަންޖެހޭ: ރައީސް

ދިވެހި ފަސްގަނޑުގެ މިނިވަންކަން މަތީ ދެމިއޮތުމުގައި ދިވެހި ސިފައިން ދެއްކެވި ހިތްވަރާއި ކުރެއްވި މަތިވެރި ޖިހާދަކީ އެއިން އިބުރަތް ލިބިގަންނަންޖެހޭ ފިލާވަޅުތަކެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

މޫސާ ޢަލީ ޖަލީލަށް ނިޝާން ޢަސްކަރީގެ ވެރިކަމުގެ ޢިއްޒަތް އަރުވައިފި
Raajje

މޫސާ ޢަލީ ޖަލީލަށް ނިޝާން ޢަސްކަރީގެ ވެރިކަމުގެ ޢިއްޒަތް އަރުވައިފި

ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ނިޝާން ޢަސްކަރީގެ ވެރިކަމުގެ ޢިއްޒަތް، މޭޖަރ ޖެނެރަލް (ރިޓަޔަރޑް) މޫސާ ޢަލީ ޖަލީލަށް މިރޭ އަރުވައިފިއެވެ. މި ޢިއްޒަތް މޭޖަރ ޖެނެރަލް (ރިޓަޔަރޑް) މޫސާ ޢަލީ ޖަލީލަށް އެރުވީ މިރޭ ދަރުބާރުގޭގައި ކުރިއަށްދިޔަ ނަޞްރުގެ ދުވަހުގެ ރަސްމީ ޖަލްސާގައެވެ. މޭޖަރ ޖެނެރަލް (ރިޓަޔަރޑް) މޫސާ ޢަލީ ޖަލީލަށް މި ޢިއްޒަތް، އެރުވުމަށް ރައީސް ކަނޑައެޅުއްވީ، ދިވެހި ޤައުމާއި ރައްޔިތުންގެ ސަލާމަތަށްޓަކައި ޢަސްކަރީ ގޮތުން ކުރެއްވި އަގުހުރި ޚިދުމަތްތަކާއި، ޤައުމުގެ އިސްތިޤްލާލާއި ސިޔާދަތު […]

ނަސްރު ލިބުނީ މާތްﷲ ގެ ހަޟްރަތުން، އީމާންތެރިކަން ވަރުގަދަ ކުރަންޖެހޭ: މައުމޫން
Raajje

ނަސްރު ލިބުނީ މާތްﷲ ގެ ހަޟްރަތުން، އީމާންތެރިކަން ވަރުގަދަ ކުރަންޖެހޭ: މައުމޫން

3 ނޮވެމްބަރު 1988 ގައި ރާއްޖެ އަށް ކުރިމަތިވި ނުރައްކާތެރި އުދުވާނުގައި ރާއްޖެ އަށް ނަސްރު ލިބުނީ މާތް ﷲ ގެ ހަޟްރަތުން ކަމަށާއި، އެހެންކަމުން އަމިއްލަ ސަލާމަތަށްޓަކައި ވެސް އީމާންތެރިކަން ވަރުގަދަ ކުރަންޖެހޭކަމަށް ކުރީގެ ރައީސް މައުމޫން އަބުދުލްޤައްޔޫމް މިރޭ ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ސަރުކާރުން މިރޭ ބޭއްވި މިއަހަރުގެ ނަސްރުގެ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދަައްކަވަމުންނެވެ. ރާއްޖޭގައި ނަޞްރުގެ ދުވަސް ފާހަގަކުރަނީ 1988 ވަނަ އަހަރުގެ ނޮވެމްބަރު ތިންވަނަ ދުވަހު ދިވެހިނ...

ރައީސް ނަޞްރުގެ ދުވަހުގެ ސިފައިންގެ މައުރަޒު ހުޅުވައިދެއްވައިފި
Raajje

ރައީސް ނަޞްރުގެ ދުވަހުގެ ސިފައިންގެ މައުރަޒު ހުޅުވައިދެއްވައިފި

ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ނަޞްރުގެ ދުވަހުގެ ސިފައިންގެ މައުރަޒު 2024 ހުޅުވައިދެއްވައިފިއެވެ. އެކަމަށްޓަކައި މިއަދު ހެނދުނު ނޭޝަނަލް އާޓް ގެލެރީގައި ކުރިއަށްދިޔަ ރަސްމިއްޔާތުގައި މި މައުރަޒު ހުޅުއްވާދެއްވުމަށްފަހު އެމަނިކުފާނު ވަނީ މި މައުރަޒު ބައްލަވާލައްވާފައެވެ. ނަޞްރުގެ ދުވަހުގެ ސިފައިންގެ މައުރަޒު 2024އިން ދައްކުވައިދެނީ 1988 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 3 ވަނަ ދުވަހު ރާއްޖެއަށް ކުރިމަތިވި އުދުވާނީ ހަމަލާގައި ލިބުނު ގެއްލުންތަކާއި އެދުވަހު ނަޞްރު ހޯދުމަށް ސިފައިން ދެއްކި ހިތްވަރެވެ....

ނަސްރުގެ ދުވަހުގެ ހަނދާންތައް އައުކުރުމުގެ އެންމެ މުހިންމު ބޭނުމަކީ ސާބިތުވެ ތިބުމުގެ ޢަޒުމް އައުކުރުން: ރައީސް
Raajje

ނަސްރުގެ ދުވަހުގެ ހަނދާންތައް އައުކުރުމުގެ އެންމެ މުހިންމު ބޭނުމަކީ ސާބިތުވެ ތިބުމުގެ ޢަޒުމް އައުކުރުން: ރައީސް

ނަސްރުގެ ދުވަހުގެ ހަނދާންތައް އައުކުރުމުގެ އެންމެ މުހިންމު ބޭނުމަކީ، އެ މަތިވެރި ނަޞްރު ލިބުމަށް މެދުވެރިވި ސަބަބުތަކުގައި ހިފައި އެ ގޮތުގައި ސާބިތުވެ ތިބުމުގެ ޢަޒުމް އައުކުރުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެ އެވެ. މިއަދު، ރާއްޖޭގައި ފާހަގަކުރާ މިއަހަރުގެ ނަޞްރުގެ ދުވަހުގެ މުނާޞަބަތުގައި ފޮނުއްވި ހިތާބުގައި އެމަނިކުފާނު ވިދާޅުވީ ނަސްރުގެ ދުވަހުގެ ހަނދާންތަކުން ވަރަށް ގިނަ ޢިބްރަތްތަކެއް ލިބިގެންދާނެ ކަމަށެވެ. އެގޮތުން އެންމެ ފުރަތަމަ ކަމަކީ، ފުރިހަމަ އީމާން...

ނަސްރުގެ ދުވަސް: ބޮޑު ޖަމާޢަތުގައި ފަތިސްނަމާދުކޮށް، ދިދަ ނެގުމުގެ ރަސްމިއްޔާތު ބާއްވައިފި
Raajje

ނަސްރުގެ ދުވަސް: ބޮޑު ޖަމާޢަތުގައި ފަތިސްނަމާދުކޮށް، ދިދަ ނެގުމުގެ ރަސްމިއްޔާތު ބާއްވައިފި

މިއަހަރުގެ ނަސްރުގެ ދުވަހުގެ މުނާސަބާގައި މާލޭގައި ބޮޑު ޖަމާޢަތުގައި ފަތިސްނަމާދުކޮށް، ދިދަ ނެގުމުގެ ރަސްމިއްޔާތު ބާއްވައިފި އެވެ. މާލޭގައި ބޮޑު ޖަމާޢަތުގައި ފަތިސްނަމާދުކުރީ އިސްލާމީ މަރުކަޒުގަ އެވެ. މި ޖަމާޢަތުގައި ގިނަ ޢަދަދެއްގެ ސިފައިން ބައިވެރިވެފައި ވެއެވެ. ނަސްރުގެ ދުވަސް ފާހަގަކުރުމުގެ މާލޭގެ އިތުރުން އެމް.އެން.ޑީ.އެފްގެ ހުރިހާ އޭރިއާ ކޮމާންޑްތަކެއްގައި ވެސް ދިދަނެގުމުގެ ރަސްމިއްޔާތު ވަނީ ބާއްވާފައިވާއިރު، މާލޭގައި ނަސްރުގެ ދުވަހުގެ ދިދައާއި ގާޑް މައުންޓްކުރުމުގެ ރަސްމިއްޔާތު ބޭއްވީ ނޮވ...

މިއަހަރުގެ ނަސްރުގެ ދުވަސް ފާހަގަކުރުމަށް އެމްއާރްއެމް އިން ހާއްސަ ޖަލްސާއެއް ބާއްވަނީ
Raajje

މިއަހަރުގެ ނަސްރުގެ ދުވަސް ފާހަގަކުރުމަށް އެމްއާރްއެމް އިން ހާއްސަ ޖަލްސާއެއް ބާއްވަނީ

މިއަހަރުގެ ނަސްރުގެ ދުވަސް ފާހަގަކުރުމަށް މޯލްޑިވްސް ރިފޯމް މޫވްމެންޓް (އެމްއާރްއެމް) އިން ހާއްސަ ޖަލްސާއެއް ބާއްވަން ނިންމައިފި އެވެ. ސަރުކާރުގެ ކޯލިޝަންގައި ވެސް ހިމެނޭ އެމްއާރްއެމް އިން ވިދާޅުވީ ނަސްރުގެ ދުވަހާއި ގުޅިގެން ބާއްވާ ހާއްސަ ޖަލްސާ ބާއްވަނީ ނޮވެމްބަރު މަހުގެ 2 ވަނަ ދުވަހުގެރޭ 20:45 ގައި ޝީ ބިލްޑީންގެ ހޯލުގައި ކަމަށެވެ. ނަސްރުގެ ދުވަހަކީ 1988 ވަނަ އަހަރުގެ ނޮވެމްބަރ 3 ވަނަ ދުވަހު، ދިވެހިންގެ ބަޔަކު ބޭރުގެ ކުލީ ސިފައިންނާއި އެކު ރާއްޖެ […]