އެއް ހަފުތާގެ ޗުއްޓީއަށްފަހު ދިރާސީ އަހަރުގެ ދެވަނަ ޓާމްގެ ކިޔެވުން މިއަދު ފަށައިފިއެވެ.

ފުރަތަމަ ޓާމްގެ ކިޔެވުން ނިންމައި ސްކޫލްތައް ޗުއްޓީއަށް ދިޔައީ މިދިޔަ މަހުގެ 26 ވަނަ ދުވަހުއެވެ.

Ad
rt

މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ނެރެފައިވާ އެކަޑަމިކް ކަލަންޑަރުގައިވާގޮތުން މި ފެށުނު ދެވަނަ ޓާމްގެ މިޑްޓާމް ޗުއްޓީ ދުވަސްވަރަކީ 22 ޑިސެމްބަރު 2024 އިން 2 ޖެނުއަރީ 2025 އަށެވެ.

މިއަދު ފެށުނު ދެވަނަ ޓާމްގެ ކިޔެވުން ނިމި މި ދިރާސީ އަހަރު ނިމޭނީ އަންނަ އަހަރުގެ މާރިޗް 6 ގައެވެ.

އައު ދިރާސީ އަހަރު ފަށާނީ 6 އޭޕްރިލް 2025 ގައެވެ.

އެޑިޔުކޭޝަނުން ކުރިން މައުލޫމާތު ދީފައިވާގޮތުގައި މި ދިރާސީ އަހަރު ފަށާފައިވަނީ 96,000 އަށް ވުރެ ގިނަ ދަރިވަރުންނާއެކުގައެވެ. އޭގެ ތެރޭގައި 40,300 އެއްހާ އަންހެން ދަރިވަރުންނާ 42,700 އެއްހާ ފިރިހެން ދަރިވަރުން ހިމެނެއެވެ.

މި ދިރާސީ އަހަރު ސަރުކާރުގެ 217 ސްކޫލެއްގައި 83,000 އެއްހާ ދަރިވަރުން ތަޢުލީމު ހާސިލުކުރަމުން އަންނައިރު، އޭގެ ތެރެއިން 17,000 އެއްހާ ދަރިވަރުން ތަޢުލީމު ހާސިލުކުރީ މާލޭ ސަރަޙައްދުގެ ސްކޫލުތަކުގައެވެ.

މި އަހަރު ސަރުކާރު ސްކޫލުތަކުގައި 12،000 އެއްހާ މުދައްރިސުން މަސައްކަތް ކުރައްވަމުން ދެއެވެ. އޭގެ ތެރޭގައި ހިމެނެނީ 10،000 އަށް ވުރެ ގިނަ ދިވެހި މުދައްރިސުންނާއި 1900 އެއްހާ ބިދޭސީ މުދައްރިސުންނެވެ.

މި ޓާމްގެ ކިޔެވުން މިއަދު ފެށިއިރު އިއްޔެއަކީ ބައިނަލްއަގްވާމީގޮތުން ފާހަގަކުރާ މުދައްރިސުންގެ ދުވަހެވެ.