ރައްޔިތުން ބޭނުމެއްޖެހިގެން ފުލުހުން ގާތަށް އައިސްފިނަމަ އެ ރައްޔިތަކު މާޔޫސްކޮށްނުލުމަށް ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާއު ވިދާޅުވެއްޖެއެވެ.

ސީޕީ ޝުޖާއު އިއްޔެ ވަނީ ހއ. އަތޮޅުގެ އެގާރަ ރަށަކަށް ކުރަށްވާ ރަސްމީ ދަތުރެއް ފައްޓަވާފައެވެ.

Ad
rt

މި ދަތުރުގެ ތެރެއިން ސީޕީ އިއްޔެ ވަނީ ދިއްދޫ، ކެލާ އަދި އުތީމަށް ޒިޔާރަތްކުރައްވައިފައެވެ.

މި ޒިޔާރަތުގައި އެރަށްރަށުގެ ކައުންސިލް މެމްބަރުންނާއި ވިމެން ޑިވެލޮޕްމަންޓް ކޮމިޓީ އަދި އެރަށްރަށުގައި މަސައްކަތްކުރާ ފުލުހުންނާ ބައްދަލުކުރެއްވިއެވެ.

މި ދަތުރުގައި އެރަށްތަކުގައި ތިބޭ ފުލުހުންނާއެކު ކުރިއަށް ގެންދިޔަ ބައްދަލުވުންތަކުގައި ސީޕީ ވަނީ ރައްޔިތުން ބޭނުމެއްޖެހިގެން ފުލުހުން ގާތަށް އައިސްފިނަމަ ރައްޔިތުން މާޔޫސްކޮށް ނުލެއްވުމަށް އިރުޝާދު ދެއްވާފައެވެ.

ސީޕީ ޝުޖާއު ހއ.އަތޮޅަށް

މީގެ އިތުރުން ރައްޔިތުންނާ ބައްދަލުވެ، އެފަރާތްތަކުގެ ކަންބޮޑުވުންތައް އޮޅުންފިލުވައި، ރައްޔިތުންނާ ގާތުން ފުލުހުންގެ ޚިދުމަތް ފޯރުކޮށްދިނުމަށް ވެސް ސީޕީ ވަނީ އެދިލައްވާފައެވެ.

މި ދަތުރުގައި ސީޕީ ވަޑައިގަންނަވަން ހަމަޖެހިފައިވާ ހއ.ގެ ރަށްތަކަކީ ދިއްދޫ، ކެލާ، އުތީމު، ބާރަށް، ފިއްލަދޫ، ތަކަންދޫ، މާރަންދޫ، ހޯރަފުށި، ތުރާކުނު، އުލިގަން އަދި އިހަވަންދޫ އެވެ.

ސީޕީގެ މި ދަތުރު ނިންމަވާލަން ހަމަޖެހިފައި ވަނީ މި މަހުގެ 7 ވަނަ ދުވަހުއެވެ.