މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ބ. އަތޮޅުން ފެށިގެން ލ. އަތޮޅަށް (08:00 އިން 14:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ
Topic Archive

#އަލީ ޝުޖާޢު

8 Stories filed
ޝުޖާޢު ފުލުހުންގެ ޚިދުމަތުން ޝަރަފުވެރިކަމާއެކު ރިޓަޔަރ ކުރައްވައިފި
Raajje

ޝުޖާޢު ފުލުހުންގެ ޚިދުމަތުން ޝަރަފުވެރިކަމާއެކު ރިޓަޔަރ ކުރައްވައިފި

ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާޢު ފުލުހުންގެ ޚިދުމަތުން ޝަރަފުވެރިކަމާއެކު ރިޓަޔަރ ކުރައްވައިފިއެވެ. މިކަމަށްޓަކައި މިއަދު އިސްކަންދަރު ބިލްޑިންގގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ދާޚިލީ ސަލާމަތާއި ފަންނިންޔަތާ ބެހޭ ވަޒީރު އަލީ އިހުސާންއެވެ. މި ރަސްމިއްޔާތުގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއީލް ނަވީން، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީ، ފުލުހުންގެ އެގްޒެކެޓިވް އޮފިސަރުންނާއި ކޮމިޝަންޑް އޮފިސަރުންގެ އިތުރުން ކޮމިޝަނަރގެ އާއިލާ މެމްބަރުން ބައިވެރިވެލެއްވިއެވެ...

ސީޕީ ޝުޖާއު މަގާމުން އިސްތިއުފާދެއްވައިފި
Raajje

ސީޕީ ޝުޖާއު މަގާމުން އިސްތިއުފާދެއްވައިފި

ކޮމިޝަނާ އޮފް ޕޮލިސް ޢަލީ ޝުޖާޢު މަގާމުން އިސްތިއުފާދެއްވައިފިއެވެ. ރައީސް އޮފީހުގެ އިސްތަރުޖަމާނު ހީނާ ވަލީދު ދެންމެ ވިދާޅުވީ ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާޢު މަަޤާމުގެ އިސްތިޢުފާ ހުށައެޅުއްވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އިސްތިޢުފާ ޤަބޫލުފުޅު ކުރައްވާފައިވާ ކަމަށެވެ. ހއ. ނިސްބަތްވާ ޝުޖާއު ފުލުހުންގެ ވެރިޔަކަށް ޢައްޔަނުކުރެއްވީ 25 ޑިސެމްބަރ 2023 ގައެވެ. އޭގެ ކުރިން އޭނާ ހުންނެވީ އެސިސްޓެންޓު ކޮމިޝަނަރު އޮފް ޕޮލިސްގެ މަގާމުގައެވެ. މަޖީދިއްޔާ ސްކޫލްގެ އެސިސްޓެންޓް ޕްރިންސިޕަލަށް ހުންނެވުމަށް...

ސީޕީ ޝުޖާޢު މަގާމުން ދުރަށްވަޑައިގަންނަވަނީ
Raajje

ސީޕީ ޝުޖާޢު މަގާމުން ދުރަށްވަޑައިގަންނަވަނީ

ކޮމިޝަނާ އޮފް ޕޮލިސް ޢަލީ ޝުޖާޢު މަގާމުން ދުރަށްވަޑައިގަންނަވަން ނިންމަވައިފިއެވެ. ސީޕީ ވަނީ މިކަން ބައެއް މީޑިއާތަކަށް ކަށަވަރުކޮށްދެއްވާފައެވެ. ސީޕީ އިސްތިއުފާދެއްވަން ނިންމެވިކަން ބައެއް މީޑިއާތަކަށް ވަނީ ކަށަވަރުކޮށްދެއްވާފައެވެ. ހއ. ނިސްބަތްވާ ޝުޖާއު ފުލުހުންގެ ވެރިޔަކަށް ޢައްޔަނުކުރެއްވީ 25 ޑިސެމްބަރ 2023 ގައެވެ. އޭގެ ކުރިން އޭނާ ހުންނެވީ އެސިސްޓެންޓު ކޮމިޝަނަރު އޮފް ޕޮލިސްގެ މަގާމުގައެވެ.

ޑްރަގް ހުއްޓުވަން ވޭތުވި ސަރުކާރުތަކުގެ ހެޔޮ ނިޔަތް އޮތްކަމަކަށް ޤަބޫލެއްނުކުރެވޭ: ޝުޖާއު
Parliament

ޑްރަގް ހުއްޓުވަން ވޭތުވި ސަރުކާރުތަކުގެ ހެޔޮ ނިޔަތް އޮތްކަމަކަށް ޤަބޫލެއްނުކުރެވޭ: ޝުޖާއު

މަސްތުވާތަކެތީގެ ވަބާއިން ޤައުމު ސަލާމަތްކުރުމަށް ވޭތުވި ސަރުކާރުތަކުގެ ހެޔޮ ނިޔަތް އޮތްކަމަކަށް ޤަބޫލެއްނުކުރެވޭކަމަށް ބާރަށު ދާއިރާގެ ޕީއެންސީގެ މެމްބަރު އިބްރާހިމް ޝުޖާއު މިއަދު ވިދާޅުވެއްޖެއެވެ. ޕީއެންސީގެ ނައިބު ރައީސްކަން ވެސް ކުރަށްވަމުން ގެންދަވާ ޝުޖާއު މިހެން ވިދާޅުވީ، ސަރުކާރުގެ ފަރާތުން، މަޖިލީހަށް ހުށަހަޅާފައިވާ މަސްތުވާތަކެއްޗަށް އިސްލާހް ގެނައުމުގެ ބިލަށް ބަހުސް ކުރަށްވަމުންނެވެ. މި ބިލުގެ ބަހުސްގައި ޝުޖާއު ވިދާޅުވީ، ރާއްޖޭގައި އިޖުތިމާއި ހުރިހާ މައްސަލައެއްގެ އަސްލަކީ މަސްތުވާތަކެ...

ރައްޔިތަކު ބޭނުމެއްޖެހިގެން އައިސްފިނަމަ މާޔޫސްކޮށްނުލާތި: ސީޕީ
Raajje

ރައްޔިތަކު ބޭނުމެއްޖެހިގެން އައިސްފިނަމަ މާޔޫސްކޮށްނުލާތި: ސީޕީ

ރައްޔިތުން ބޭނުމެއްޖެހިގެން ފުލުހުން ގާތަށް އައިސްފިނަމަ އެ ރައްޔިތަކު މާޔޫސްކޮށްނުލުމަށް ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާއު  ވިދާޅުވެއްޖެއެވެ. ސީޕީ ޝުޖާއު އިއްޔެ ވަނީ ހއ. އަތޮޅުގެ އެގާރަ ރަށަކަށް ކުރަށްވާ ރަސްމީ ދަތުރެއް ފައްޓަވާފައެވެ. މި ދަތުރުގެ ތެރެއިން ސީޕީ އިއްޔެ ވަނީ ދިއްދޫ، ކެލާ އަދި އުތީމަށް ޒިޔާރަތްކުރައްވައިފައެވެ. މި ޒިޔާރަތުގައި އެރަށްރަށުގެ ކައުންސިލް މެމްބަރުންނާއި ވިމެން ޑިވެލޮޕްމަންޓް ކޮމިޓީ އަދި އެރަށްރަށުގައި މަސައްކަތްކުރާ ފުލުހުންނާ ބައްދަލުކުރެއްވިއެވެ. މި ދަތުރުގައި އެރަށް...

ސީޕީ ޝުޖާއު ހއ.އަތޮޅަށް
Thiladhunmathi News

ސީޕީ ޝުޖާއު ހއ.އަތޮޅަށް

ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާއު ހއ. އަތޮޅަށް ރަސްމީ ދަތުރެއް މިއަދު ފައްޓަވައިފިއެވެ. ދިވެހި ފުލުހުންގެ ޚިދުމަތުން ބުނީ ސީޕީގެ މި ދަތުރުގައި އަރިހުގައި، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީ، އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު، އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަބްދުﷲ ޝަރީފް، އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ދާޢޫދު އަދި ފުލުހުންގެ އެގްޒެކެޓިވް ބައެއް އޮފިސަރުންނާއި ކޮމިޝަންޑު އޮފިސަރުން ވެސް ބައިވެރިވާ ކަމަށެވެ. ކޮމިޝަނަރގެ މި […]

ސީޕީ ޝުޖާޢު އާއި ގުޅުވައި ކުރީގެ ސީޕީ ހުސެން ދެއްކެވި ވާހަކަ ދޮގުކުރަށްވައިފި
Raajje

ސީޕީ ޝުޖާޢު އާއި ގުޅުވައި ކުރީގެ ސީޕީ ހުސެން ދެއްކެވި ވާހަކަ ދޮގުކުރަށްވައިފި

ކޮމިޝަނާ އޮފް ޕޮލިސް ޢަލީ ޝުޖާޢު އާއި ގުޅުވައި ކުރީގެ ސީޕީ ހުސެން ވަހީދު ދެއްކެވި ވާހަކަ ސީޕީ ޝުޖާޢު ދޮގުކުރަށްވައިފިއެވެ. ހުސެންގެ ވާހަކަ ދޮގުކުރަށްވައި ސީޕީގެ ފަރާތްޕުޅުން ނެރުއްވި ކުރުބަޔާނެއްގައި ވިދާޅުވީ، 18 އޯގަސްޓް 2024 ވަނަ ދުވަހުގެ ރޭ ކުރީގެ ސީޕީ ހުސެން ދައްކަވާފައިވާ ވާހަކައެއްގައި ނޫމަޑި މައްސަލާގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު އާއި ބައްދަލުކުރެއްވުމަށް އޭނާ އާއިއެކު ދިޔަކަމަށް ސީޕީ ހުސެން ވިދާޅުވި ވާހަކައަކީ ދޮގެއްކަމަށެވެ. އެއީ ޙަޤީޤަތާއި ޚިލާފް، އެއްވެސް […]

ކޮމިޝަނާ އޮފް ޕޮލިސްގެ މަޤާމަށް ޝުޖާޢު ޢައްޔަންކުރައްވައިފި
Raajje

ކޮމިޝަނާ އޮފް ޕޮލިސްގެ މަޤާމަށް ޝުޖާޢު ޢައްޔަންކުރައްވައިފި

ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ކޮމިޝަނާ އޮފް ޕޮލިސްކަމަށް ދަފްތަރު ނަންބަރު: ރސ 5852، ޢަލީ ޝުޖާޢު، މިއަދު ޢައްޔަންކުރައްވައިފިއެވެ. ޝުޖާޢު، ކޮމިޝަނާ އޮފް ޕޮލިސްގެ މަޤާމަށް ޢައްޔަނުކުރައްވައި، ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތު ބާއްވަވާފައި ވަނީ މިއަދު ހެނދުނު ރައީސް އޮފީހުގައެވެ. ޕޮލިސް ކޮމިޝަނާކަމަށް ޢައްޔަނު ކުރެއްވުމުގެ ކުރިން ޝުޖާޢު ފުރުއްވަމުން ގެންދެވީ އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސްގެ މަޤާމެވެ. ޝުޖާޢު ވަނީ، ޕޮލިސް އެކަޑަމީގެ އިސްވެރިއެއްގެ ގޮތުގައި މަސައްކަތްކުރެއްވުމުގެ އިތުރުން ފުލުހުނ...