ރައީސް ޑރ. މުޙައްމަދު މުޢިއްޒު ބައިވެރިވެވަޑައިގަންނަވާ، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ހަރުގެ ޖަލްސާއެއް މިރޭ ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް އެ ޕާޓީން މަޢުލޫމާތު ދީފިއެވެ.

ޕީއެންސީ އިން ސޯޝަލް މީޑިއާގައި ޙިއްޞާކުރި މަޢުލޫމާތުގައިވާ ގޮތުން، މި ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ އެ ޕާޓީގެ ރަސްމީ ޖަގަހަ ކަމުގައިވާ ހ. ވެޔޮވިލާ (އާޓިފިޝަލް ބީޗް ކުރިމަތި)ގައި މިރޭ 20:00 ގައެވެ.

Ad
rt

މި ޖަލްސާގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އިތުރުން، އިނގުރައިދޫ ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރު އިބްރާހީމް ފަލާޙް އަދި މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ އަޙްމަދު ޝިޔާމް ވާހަކަފުޅު ދެއްކެވުމަށް ހަމަޖެހިފައިވެއެވެ.

މި ޖަލްސާ ގައި ރާއްޖޭގެ އިޤްތިޞާދީ އަދި މާލީ ޙާލަތާ ގުޅޭގޮތުން އިދިކޮޅު ޕާޓީތަކުން ކަންބޮޑުވުން ފާޅުކުރަމުންދާ ދިއުމަށް ރައްދު ދެއްވާނެކަމަށް ލަފާކުރެވެއެވެ.

ޕީޕީއެމްގެ ހަރުގެ ރަސްމީކޮށް ހުޅުވާފައިވަނީ، މި އަހަރުގެ ޖޫންމަހުގެ 23 ވަނަދުވަހުގެރޭގައެވެ. އޭގެ ފަހުން އެޕާޓީއިން މިހާރު އަންނަނީ ސިލްސިލާކޮށް ޖަލްސާތައް ބާއްވަމުންނެވެ.