ޤައުމީ ބޭންކް، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ދޫކޮށްފައިވާ ޑެބިޓް ކާޑުގެ ޕްރައިމަރީ އެކައުންޓަކީ ދިވެހި ރުފިޔާ އެކައުންޓެއްނަމަ ބޭރު ފައިސާގެ މުއާމަލާތް ކުރުމަށް އެއްވެސް އަދަދެއް ނުލިބޭ ގޮތަށް އެ ބޭންކުން ނިންމި ނިންމުން ބަދަލުކުރަން މިއަދު އަނެއްކާ ވެސް ނިންމައިފިއެވެ.
ބިއެމްއެލްއިން މިގޮތަށް ނިންމާފައި ވަނީ ބީއެމްއެލްގެ ނިންމުމާއި ގުޅިގެން ގިނަ ބަޔަކު ކަންބޮޑުވުންފާޅުކުރަމުން ދަނިކޮށެވެ. މި ނިންމުމާއެކު ބީއެމްއެލްގެ ކަސްޓަމަރު ސާވިސް ނަންބަރަށް ބާރުބޮޑުވެ، އެ ނަންބަރުން ޖަވާބުދާރީ ވުމުގައި ވެސް ދަތިތައް ވަނީ ކުރިމަތިވެފައެވެ. އެހެންވެ ބޭންކުން ވަނީ އެކަން އާންމުންގެ ސަމާލުކަމަށް ވެސް ގެނެސްފައެވެ.
ބީއެމްއެލްއިން ބުނީ މިއަދު އެ ބޭންކުން ޢިއުލާންކުރި ރާއްޖޭން ބޭރުގެ މުޢާމަލާތްކުރެވޭ ލިމިޓަށް ގެނެވުނު ބަދަލުތައް ބޭންކްގެ ރެގިއުލޭޓަރ، މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ އިރުޝާދަށް ބަަލައި މިހާރު ބަދަލުގެނެސްފައިވާ ކަމަށެވެ.
— Bank of Maldives (@bankofmaldives) August 25, 2024
ގައުމީ ބޭންކުން މިއަދު ހެނދުނު ވަނީ، މިއަދުން ފެށިގެން އަލަށް ދޫކުރާ ޑެބިޓް އަދި ކްރެޑިޓް ކާޑުތައް ކާޑުގެ ޕްރައިމަރީ އެކައުންޓަކީ ދިވެހި ރުފިޔާ އެކައުންޓެއް ނަމަ ބޭރު ފައިސާގެ މުއާމަލާތް ކުރުމަށް އެއްވެސް އަދަދެއް ނުލިބޭގޮތަށް އުސޫލަށް ބަދަލުގެނެސްފައިވާކަން ޢިއުލާންކޮށްފައެވެ. އަދި އެ ބޭންކުން މިހާރު ދޫކޮށްފައިވާ ސްޓޭންޑަޑް އަދި ގޯލްޑް ކްރެޑިޓް ކާޑުތަކުން މަހެއްގެ މައްޗަށް ކުރެވޭ ރާއްޖޭން ބޭރުގެ މުއާމަލާތްތައް 100 ޑޮލަރަށް ވަނީ ދަށްކޮށްފައެވެ.
އެ ގޮތަށް ނިންމީ ބޭންކަށް ބޭނުންވާ ވަރަށް ޑޮލަރު ނުލިބޭތީ ކަމަށް ބެންކުން ވަނީ ބުނެފައެވެ.
މި ގެނައި ބަދަލާ އެކު ކްރެޑިޓް ކާޑުން ކޮންމެ މަހަކު ކެނޑޭނީ 100 ޑޮލަރުކަމަށް ބީއެމްއެލްއިން ހެނދުނު ބުނެފަވެއެވެ.
ނަމަވެސް އެ ބޭންކުން މިހާރު މި ވަނީ އެ ނިންމުންތައް އަލުން ބަދަލުކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!