މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)ގެ ޗީފް އެގްޒެކްޓިވް އޮފިސަރު، މެނޭޖިން ޑިރެކްޓަރު ކަމުގެ މަގާމުގައި ހުންނެވި މުހައްމަދު ޒިޔާދު އެންވަޔަރަންމަންޓް މިނިސްޓްރީގެ ސްޓޭޓް ވަޒީރުކަމަށް ޢައްޔަނުކުރަށްވައިފިއެވެ.
ރައީސް އޮފީހުން މައުލޫމާތުދެއްވިގޮތުގައި، ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ ޒިޔާދު ވަނީ އެންވަޔަރަންމަންޓް މިނިސްޓްރީގެ ސްޓޭޓް ވަޒީރުކަމަށް ޢައްޔަނުކުރަށްވާފައެވެ.
ޒިޔާދަކީ ކުރިން އެ މަޤާމު ފުރުއްވާފައިވާ ބޭފުޅެކެވެ. ޒިޔާދު އެ މަޤާމު ފުރުއްވީ ރައީސް އަބުދުﷲ ޔާމީން އަބުދުލްޤައްޔޫމްގެ ވެރިކަމުގެ ދައުރުގައެވެ.
ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ވަނީ އެމްޓީސީގެ އައު އެމްޑީއަކަށް ކުރީގެ ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް އަހްމަދު ސައުދީ ހަމަޖައްސަވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!