ތިނަދޫގައި ބަނގުރާ ކައްކައި ވިޔަފާރިކުރާ ނެޓްވޯކެއްގެ އިސް މީހަކު ހައްޔަރުކޮށްފި
ގދ. ތިނަދޫ ސިޓީގައި ބަނގުރާ އުފައްދައި، އޭގެ ވިޔަފާރިކުރާ ނެޓްވޯކެއްގައި އިސްކޮށް ހަރަކާތްތެރިވާ ކަމަށް ތުހުމަތުކުރެވޭ މީހަކު ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ހައްޔަރުކޮށްފިއެވެ. މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ތިނަދޫ، ރިހިކޮކާގެ، އުމުރުން 21 އަހަރުގެ މުޙައްމަދު އަފާޒު ބިން ޢަބްދުﷲ އެވެ. ފުލުހުން ބުނީ އޭނާ ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުން، މި ހިނގާ އޮކްޓޫބަރު މަހުގެ 18 ވަނަ ދުވަހު ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ކަމަށެވެ. މިއީ ތިނަދޫ ޕޮލިހާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެ...