ކާނާ ވިހަވެ ހާލު ސީރިއަސްވުމާ ގުޅިގެން އައްޑޫ އިކުއަޓޮރިއަލް ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާދެމުންދިޔަ 2 ދަރިވަރުން ވޯޑަށް ބަދަލުކޮށްފިއެވެ.
އައްޑޫ ސިޓީގައި ހުންނަ ނޭޝަނަލް ޕޮލިސިން އެންޑް ލޯ އެންފޯސްމަންޓްގައި ކިޔަވަމުންދިޔަ 32 ދަރިވަރަކު ކާނާ ވިހަވެގެން ވަނީ ފަރުވާދީފައެވެ. އޭގެތެރެއިން 2 ދަރިވަރުން ފިޔަވާ އެންމެން ވަނީ ފަރުވާދިނުމަށްފަހު މިހާރު ދޫކޮށްލާފައެވެ.
އެ ދެ ދަރިވަރުންނަށް އައިސީޔޫގައި ފަރުވާދިނުމަށްފަހު މިހާރު ވޯޑަށް ބަދަލުކޮށްފައިވާކަމަށް ފުލުހުން ބުންޏެވެ. އަދި އެ ދެ ދަރިވަރުންގެ ހާލު ރަނގަޅުވަމުން އަންނަކަމަށް ވެސް ބުންޏެވެ.
އައްޑޫ ސިޓީގައި ހުންނަ ނޭޝަނަލް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓް، ޕޮލިސް ކޮލެޖުގައި ކިޔަވަމުންދިޔަ 32 ދަރިވަރަކު ކާނާ ވިހަވެގެން ވަނީ އެޑްމިޓްކޮށް ފަރުވާ ދޭން ފެށީ މިމަހުގެ 17 ވަނަ ދުވަހުއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!