Skip to main content
Topic Archive

#މާއުނގޫދޫ ކައުންސިލް

26 Stories filed
ދޮޅިޔަދޫ ކައިރިން ކަނޑުމަތީގައި ގިނަ އަދަދަކަށް ލަކުޑި އޮޔާދާތީ ސަމާލުވާން އެދިއްޖެ
Thiladhunmathi News

ދޮޅިޔަދޫ ކައިރިން ކަނޑުމަތީގައި ގިނަ އަދަދަކަށް ލަކުޑި އޮޔާދާތީ ސަމާލުވާން އެދިއްޖެ

ށ. ދޮޅިޔަދޫ ހިމެނޭ ކަނޑުގެ ސަރަހައްދުގައި އެކި ބާވަތްތަކުގެ ލަކުޑި ކުނިބުނި އޮޔާދާތީ، އެ ސަރަހައްދުން ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް މިލަދުންމަޑުލު އުތުރުބުރީ މާއުނގޫދޫ ކައުންސިލުން އެދިއްޖެއެވެ.   މާއުނގޫދޫ ކައުންސިލުން ބުނީ މި ސަރަހައްދުން ކަނޑުދަތުރުފަތުރު ކުރާ ފަރާތްތަކުގެ ސަމާލުކަމަށްޓަކައި އެންގުމެއް ނެރެފައިވަނީ، ދޮޅިޔަދޫ ހިމެނޭ ކަނޑުގެ ސަރަހައްދުގައި އެކި ޒާތުގެ ލަކުޑިއާއި ކުނިބުނި އޮޔާދާކަން ފާހަގަކުރެވިފައި ވާތީ ކަމަށެވެ. މިކަމާ ގުޅިގެން އެ ކައުންސިލުން ވަނީ، އެ ސަރަހައްދުން ދަތު

އެއްބައިވަންތަކަމުގެ ނަމޫނާއެއް، މާއުނގޫދޫ ކޮމިއުނިޓީ ގްރޫޕުން އިސްނަގައިގެން ހެދި ''ބޮޑުމަގު މައިޒާން'' ރަސްމީކޮށް ހުޅުވައިފި
Thiladhunmathi News

އެއްބައިވަންތަކަމުގެ ނަމޫނާއެއް، މާއުނގޫދޫ ކޮމިއުނިޓީ ގްރޫޕުން އިސްނަގައިގެން ހެދި ''ބޮޑުމަގު މައިޒާން'' ރަސްމީކޮށް ހުޅުވައިފި

ށ. މާއުނގޫދޫގެ އާންމު ރައްޔިތުންނަށް ހިތްފަސޭހަކަމާއެކު ބޭނުންކުރެވޭނެ އިންތިޒާމުތަކާއެކު، އެ ރަށު “ބޮޑުމަގު މައިޒާން” ރަސްމީކޮށް ހުޅުވައިފިއެވެ. މި މައިޒާނަކީ ރަށުގެ ރައްޔިތުންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން އާލާކުރުމުގެ ގޮތުން އިސްނަގައިގެން ތަރައްގީކުރި ހިތްގައިމު ތަނެކެވެ. މި މައިޒާނަކީ މާއުނގޫދޫގެ އާންމުންގެ މައްޗަށް އެކުލެވޭ ފަރާތެއް ކަމަށްވާ “ކޮމިއުނިޓީ ގްރޫޕް”ގެ އިސްނެގުމުގެ މަތިން ތަރައްގީކުރި ތަނެކެވެ. މައިޒާނުގެ ޢަމަލީ މަސައްކަތްތައް އެއްކޮށް ނިންމުމަށްފަހު، މިހާރު ވަނީ

މާއުނގޫދޫގައި މެދުކެނޑިފައި އޮތް ބަށިބޯޅަ އަލުން އާލާކުރަން އޮފިޝަލުން ތަމްރީނުކޮށްފި
Sports

މާއުނގޫދޫގައި މެދުކެނޑިފައި އޮތް ބަށިބޯޅަ އަލުން އާލާކުރަން އޮފިޝަލުން ތަމްރީނުކޮށްފި

ށ. މާއުނގޫދޫގައި މެދުކެނޑިފައިވާ ބަށިބޯޅަ އަލުން އާލާކުރުމުގެ މަޤްޞަދުގައި، އެ ކުޅިވަރުގެ އޮފިޝަލުން ތަމްރީނުކުރުމަށާއި ކުޅިވަރަށް މީހުން އަހުލުވެރިކުރުވުމަށް ކުރިއަށްގެންދިޔަ ޚާއްޞަ ޕްރޮގްރާމް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ. މި ތަމްރީނު ޕްރޮގްރާމަކީ ބަށިބޯޅަ ފައުންޑޭޝަނާއި މާއުނގޫދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ (އތމ) ކޮމިޓީ ގުޅިގެން އެ ރަށުގައި އިންތިޒާމުކޮށްގެން ކުރިއަށްގެންދިޔަ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގެ ތެރެއިން ބަށިބޯޅައިގެ ދާއިރާއިން ކުރިއަށްދާން ބޭނުންވާ ޖުމްލަ 26 ބައި

މާއުނގޫދޫގައި ކުނި މެނޭޖްކޮށް ޕެސްޓް ކޮންޓްރޯލް ކޮށްދޭނެ ބަޔަކު ހޯދަން ބީލަމަށް
Thiladhunmathi News

މާއުނގޫދޫގައި ކުނި މެނޭޖްކޮށް ޕެސްޓް ކޮންޓްރޯލް ކޮށްދޭނެ ބަޔަކު ހޯދަން ބީލަމަށް

ށ. މާއުނގޫދޫ ކައުންސިލުން ދޭ މަޢުލޫމާތާ އެއްގޮތަށް އެ ރަށުގައި ކުނި މެނޭޖްކުރުމާއި ޕެސްޓް ކޮންޓްރޯލްގެ ޚިދުމަތް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް ބީލަމަށް ހުޅުވާލައިފިއެވެ. މިލަދުންމަޑުލު އުތުރުބުރީ މާއުނގޫދޫ ކައުންސިލްގެ އިދާރާއިން ކޮށްފައިވާ އިޢުލާނެއްގައި ބުނެފައިވަނީ، މި މަސައްކަތަށް ކުރިމަތިލެވޭނީ ދިވެހިރާއްޖޭގެ ޤާނޫނުތަކުގެ ދަށުން ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް އެކަނި ކަމަށެވެ. އެގޮތުން ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނުގެ ދަށުން ރަޖިސްޓްރީވެފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަ...

މާއުނގޫދޫ ކައުންސިލަށް ސައިމާ ގަހާއި މަލިކުރުވާމާ ގަސް ފޯރުކޮށްދޭނެ ބަޔަކު ހޯދަނީ
Thiladhunmathi News

މާއުނގޫދޫ ކައުންސިލަށް ސައިމާ ގަހާއި މަލިކުރުވާމާ ގަސް ފޯރުކޮށްދޭނެ ބަޔަކު ހޯދަނީ

މިލަދުންމަޑުލު އުތުރުބުރީ މާއުނގޫދޫ ކައުންސިލްގެ އިދާރާއަށް ބޭނުންވާ މާގަސްތަކެއް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް އެ ކައުންސިލުން އިއުލާނުކޮށްފިއެވެ. ކައުންސިލުން ބުނީ މި ތަކެތި ފޯރުކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ކޯޓޭޝަން ހުށަހެޅުމުގެ ފުރުޞަތު މިހާރު ހުޅުވާލާފައިވާ ކަމަށެވެ. މާއުނގޫދޫ ކައުންސިލުން ހޯދަން އިއުލާނުކޮށްފައިވަނީ ހަ ކުލައަކުން ދެ ފޫޓަށް ރޯކޮށްފައިވާ 100 މަލިކުރުވާމާ ގަހާއި، ހަތަރު ކުލައަކުން ރޯކޮށްފައިވާ 50 ސައިމާ ގަހެވެ. މި ބާވަތްތަކުގެ ގަސްތައް ފޯރުކޮށްދިނުމަށް އެދި ކައުންސި...

މާއުނގޫދޫގައި ސްޕީޗް ތެރަޕީއާ ގުޅޭ މަޢުލޫމާތު ސެޝަނެއް ބާއްވަނީ
Thiladhunmathi News

މާއުނގޫދޫގައި ސްޕީޗް ތެރަޕީއާ ގުޅޭ މަޢުލޫމާތު ސެޝަނެއް ބާއްވަނީ

ށ. މާއުނގޫދޫ ކައުންސިލާއި އެ ރަށު ޞިއްޙީ މަރުކަޒު ގުޅިގެން، ސްޕީޗް ތެރަޕީއާ ގުޅޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ޚާއްޞަ ސެޝަނުގައި ބައިވެރިވެވަޑައިގަތުމަށް ރަށުގެ އެންމެހައި ރައްޔިތުންނަށް ދަޢުވަތު އަރުވައިފިއެވެ. އެ ކައުންސިލުން މައުލޫމާތު ދެއްވާ ގޮތުގައި، އެ ސެޝަން ބޭއްވުމަށް ހަމަޖެހިފައިވަނީ 15 އޮކްޓޫބަރު 2026 ވާ ބުރާސްފަތި ދުވަހުގެ ހަވީރު 4:00 ގައި މާއުނގޫދޫ ސްކޫލް ލައިބްރަރީގައެވެ. މީގެއިތުރުން، މާއުނގޫދޫ ކައުންސިލްގެ ރައީސް މުޙައްމަދު އިރުފާން “ތިލަދުން” އަށް ވިދާޅުވީ، މިއީ ހެދިބޮޑުވަމުން...

މާއުނގޫދޫގައި ހިންގި ''ފަތަމާ ހިނގާ'' ޕްރޮގްރާމް ކާމިޔާބުކަމާއެކު ނިންމާލައިފި
Thiladhunmathi News

މާއުނގޫދޫގައި ހިންގި ''ފަތަމާ ހިނގާ'' ޕްރޮގްރާމް ކާމިޔާބުކަމާއެކު ނިންމާލައިފި

ށ. މާއުނގޫދޫ ސްކޫލުގެ ދަރިވަރުންނަށް އަމާޒުކޮށްގެން އެ ރަށުގައި ކުރިއަށްގެންދިޔަ “ފަތަމާ ހިނގާ” ޕްރޮގްރާމް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ. ސްކޫލުގެ ޕީޓީއޭގެ އިސްނެގުމާއެކު، ސްކޫލާއި މާއުނގޫދޫ ކައުންސިލް ގުޅިގެން ކުރިއަށްގެންދިޔަ މި ހަރަކާތަކީ ގްރޭޑް 1 އިން 9 އާ ދެމެދުގެ ދަރިވަރުންނަށް ޚާއްޞަކޮށްގެން ހިންގި ޕްރޮގްރާމެކެވެ. މާއުނގޫދޫ ކައުންސިލްގެ ރައީސް މުޙައްމަދު އިރުފާމް “ތިލަދުން”އަށް ވިދާޅުވީ، މި ޕްރޮގްރާމުގައި ޖުމްލަ 165 ދަރިވަރުން ބައިވެރިވިކަމަށާއި، އޭގެ ތެރެއިން 90 އިންސައްތަ ކުދިންނަކީ...

މާއުނގޫދޫ ކައުންސިލުން ރަށް ފެހިކުރަން ޚާއްޞަ ޕްރޮގްރާމެއް، ގަސް ހަދިޔާކުރުމުގެ ފުރުސަތު!
Thiladhunmathi News

މާއުނގޫދޫ ކައުންސިލުން ރަށް ފެހިކުރަން ޚާއްޞަ ޕްރޮގްރާމެއް، ގަސް ހަދިޔާކުރުމުގެ ފުރުސަތު!

ށ. މާއުނގޫދޫގެ އިޖްތިމާޢީ ސަރަހައްދުތަކުގައި ބަގީޗާގަސް އިންދުމަށް އެ ރަށު ކައުންސިލުން ކުރިއަށްގެންދާ ޚާއްޞަ ޕްރޮގްރާމްގެ ދަށުން، ގަސް ހަދިޔާކުރަން ބޭނުންވާ ފަރާތްތަކަށް އެ ފުރުޞަތު ހުޅުވާލައިފިއެވެ. މާއުނގޫދޫ ކައުންސިލުން އެދިފައިވަނީ، މި ޕްރޮގްރާމަށް ބަގީޗާގަސް ހަދިޔާކުރަން ބޭނުންވާ ފަރާތްތަކުން 19 އޮކްޓޫބަރު 2026 ގެ 14:00 ގެ ކުރިން އެ ކައުންސިލަށް ގަސްތައް ޙަވާލުކުރުމަށެވެ. ރަށުގައި ގަސްއިންދައި ފެހިކުރުމުގެ މަޤްޞަދުގައި މާއުނގޫދޫ ކައުންސިލުން އަންނަނީ އިތުރު ހަރަކާތްތަކެއް ވެސް ހިންގަމުންނެ...

ގަސް އިންދުމުގެ ހަރަކާތާއެކު ސިއްރުފެންފުށިން މާއުނގޫދޫ ރައްޔިތުންނަށް 1،000 ފައިވާން ހަދިޔާކޮށްފި
Thiladhunmathi News

ގަސް އިންދުމުގެ ހަރަކާތާއެކު ސިއްރުފެންފުށިން މާއުނގޫދޫ ރައްޔިތުންނަށް 1،000 ފައިވާން ހަދިޔާކޮށްފި

ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން، ށ. މާއުނގޫދޫގައި ގަސް އިންދުމުގެ ހަރަކާތެއް ކުރިއަށް ގެންގޮސްފިއެވެ. މިއީ ސިއްރުފެންފުށި ޕްރައިވެޓް ލެގޫން ރިސޯޓުން އިސްނެގުމާގުޅިގެން، މާއުނގޫދޫ ކައުންސިލުން އިންތިޒާމްކޮށްގެން ހިންގުނު ހަރަކާތެކެވެ. މާއުނގޫދޫ ކައުންސިލް ރައީސް މުޙައްމަދު އިރުފާމް “ތިލަދުން”އަށް ވިދާޅުވީ، މި ހަރަކާތުގައި ޖުމްލަ 45 ގަސް އެ ރަށުގެ  ފުއްޓަރު ބީޗު ސަރަޙައްދުގައި އިންދާފައިވާނެކަމަށެވެ. އޭގެތެރޭގައި ހިމެނެނީ، މަގޫގަހާއި ބޯށި ގަހުގެ އިތުރުން ކުރެދި ފަދަ، ރާއްޖޭ...

މާއުނގޫދޫ ކައުންސިލްގެ އިންޓާންޝިޕް: ހުނަރު ތަރައްގީކުރުމާއި ތަފާތު ތަޖުރިބާ، ބައިވެރިންގެ އުންމީދުތައް އިންތިހާއަށް!
Thiladhunmathi News

މާއުނގޫދޫ ކައުންސިލްގެ އިންޓާންޝިޕް: ހުނަރު ތަރައްގީކުރުމާއި ތަފާތު ތަޖުރިބާ، ބައިވެރިންގެ އުންމީދުތައް އިންތިހާއަށް!

ށ. މާއުނގޫދޫ ކައުންސިލުން ކުރިއަށްގެންދާ އިންޓާންޝިޕް ޕްރޮގްރާމްގެ ފުރަތަމަ ބެޗުގެ ދަރިވަރުން، މި ޕްރޮގްރާމާ މެދު ކުރާ ބޮޑެތި އުންމީދުތަކާއި އެ ކުދިންގެ ޝުއޫރުތައް ފާޅުކޮށްފިއެވެ. މި ޕްރޮގްރާމްގެ ތެރެއިން އަމަލީ ތަޖުރިބާ ލިބިގަނެ، ހުނަރުތައް ތަރައްގީކޮށް، އަމާޒުތަކަށް ވާސިލުވުމަށް ކުރާ ތަސައްވުރު ބައިވެރިން ވަނީ ހާމަކޮށްފައެވެ. މި އިންޓާންޝިޕްގައި ބައިވެރިވި އުމުރުން 18 އަހަރުގެ ހުސައިން ރައްޔާން ބުނީ، މި ޕްރޮގްރާމްގައި އޭނާ ބައިވެރިވި މައިގަނޑު މަގުސަދަކީ އިވެންޓްތައް ރޭވުމާއި އާންމުންގެ ކުރިމަ...

މާއުނގޫދޫ ފެހިކުރުމުގެ މަސައްކަތަށް ކޮމެޓީއެއް، ކުރިމަތިލާން ހުޅުވާލައިފި
Thiladhunmathi News

މާއުނގޫދޫ ފެހިކުރުމުގެ މަސައްކަތަށް ކޮމެޓީއެއް، ކުރިމަތިލާން ހުޅުވާލައިފި

ށ. މާއުނގޫދޫ ކައުންސިލުން، “ގަރޑެނިން ކޮމެޓީ” ގެ ނަމުގައި ކޮމެޓީއެއް އުފައްދައި، ކުރިމަތިލުމަށް ފުރުޞަތު ހުޅުވާލައިފިއެވެ. އެ ރަށުގައި ގަސްއިންދާ، ރަށް ފެހިކުރުމުގެ މަޤްޞަދުގައި އެކުލަވާލުމަށް ހަމަޖެހިފައިވާ މި ކޮމެޓީއަށް ވަނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ނަންނޯޓު ކުރުމުގެ ސުންގަޑިއަކީ 17 ސެޕްޓެމްބަރ 2026 ގެ 14:00ށް ކަމަށް އެ ކައުންސިލުން މައުލޫމާތު ދީފައިވެއެވެ. މީގެއިތުރުން އެ ކައުންސިލްގެ ރަސްމީ ފޭސްބުކް ޕޭޖުގައިވާ ލިންކް މެދުވެރިކޮށް ނަންނޯޓު ކުރުމަށް ވެސް  އެ ކައުންސިލުން އެދިފައިވެއ...

ބިން ދޫކޮށްފައިވާ ޖަމްޢިއްޔާތައް ހިންގާތޯ މާއުނގޫދޫ ކައުންސިލުން ކަށަވަރުކުރަނީ
Thiladhunmathi News

ބިން ދޫކޮށްފައިވާ ޖަމްޢިއްޔާތައް ހިންގާތޯ މާއުނގޫދޫ ކައުންސިލުން ކަށަވަރުކުރަނީ

ށ.މާއުނގޫދޫއިން ބިން ދޫކޮއްފައިވާ ޖަމްޢިއްޔާތައް ހިންގާކަން ކަށަވަރު ކުރުމުގެ މަސައްކަތް އެ ރަށު ކައުންސިލުން ފަށައިފިއެވެ. މާއުނގޫދޫގެ ކުލަބް ޖަމްއިއްޔާ ތަކަށް ދޫކުރެވިފައިވާ ބިންތައް ބޭނުން ނުކޮށް ހުރުމުން، އެ ތަންތަނުގައި ގަސްހެދި، ތަނުގެ ސާފުތާހިރުކަން ގެއްލޭތީ،  އެ ކައުންސިލުން ކަންބޮޑުވުން ފާޅުކޮއްފައިވެއެވެ. މާއުނގޫދޫ ކައުންސިލުން މަޢުލޫމާތުދޭ ގޮތުގައި، މި މައްސަލަ ޙައްލުކުރުމުގެ މަސައްކަތް އެ އިދާރާއިން ކުރަމުންދާތީ، އެރަށުން މިހާތަނަށް ބިން ދޫކުރެވިފައިވާ، ކުލަބް، ޖަމްއިއްޔާތަކަކީ، މިހާ...

މާއުނގޫދޫގެ ބަނދަރުހިޔާ ތަރައްޤީ ކުރަން ލަގޮނޑި އިންވެސްޓްމަންޓަށް
Thiladhunmathi News

މާއުނގޫދޫގެ ބަނދަރުހިޔާ ތަރައްޤީ ކުރަން ލަގޮނޑި އިންވެސްޓްމަންޓަށް

ށ. މާއުނގޫދޫގެ ބަނދަރުހިޔާ ތަރައްޤީ ކުރުމަށްޓަކައި ލަގޮނޑި އިންވެސްޓްމަންޓާ ހަވާލުކޮއްފިއެވެ. މާއުނގޫދޫ ކައުންސިލުން ބުނިގޮތުގައި މި މަސައްކަތް ކުރުމަށް ލަގޮނޑި އިންވެސްޓްމަންޓާ ޙަވާލުކުރީ 20 އޯގަސްޓް 2026 އިން ފެށިގެން 45 ދުވަހުގެ މުއްދަތަށެވެ. މި މަސައްކަތުގެ އަގަކީ 199،890 ރުފިޔާ ކަމުގައި ވެސް ކައުންސިލުން ބުންޏެވެ. މީގެ އިތުރުން މާއުނގޫދޫގެ އތމ ކޮމެޓީގެ ދަނޑުބިމުގައި ފެންސުޖެހުމުގެ މަސައްކަތް ވެސް އެ ކައުންސިލުން ހަވާލުކޮއްފައިވަނީ ލަގޮނޑި އިސްވެންސްޓްމަންޓާއެވެ. އެ މަސައްކަތް ހަވާލު ކޮއްފައ...

މާއުނގޫދޫގައި ޖެނެރަލް ހެލްތް ސްކްރީނިން ކޭމްޕެއް މިއަދު ފަށަނީ
Thiladhunmathi News

މާއުނގޫދޫގައި ޖެނެރަލް ހެލްތް ސްކްރީނިން ކޭމްޕެއް މިއަދު ފަށަނީ

ށ. މާއުނގޫދޫގައި ޖެނެރަލް ހެލްތު ސްކްރީނިން ކޭމްޕެއް މިއަދު ފަށަން ތައްޔާރުވެއްޖެއެވެ. މާއުނގޫދޫ ކައުންސިލުން ބުނިގޮތުގައި މި ކޭމްޕަކީ އެ ކައުންސިލާއި، މާއުނގޫދޫ ޞިއްޙީ މަރުކަޒު ގުޅިގެން  ކުރިއަށްގެންދަން ނިންމާފައިވާ ކޭމްޕެކެވެ. ދުޅަހެޔޮ ޞިއްޙަތެއްގައި ދެމިތިބުމަށް ހިތްވަރު ދިނުމަށާއި، އާންމުންގެ ޞިއްޙީ ޙާލަތު ދެނެގަތުމަށްޓަކައި ބާއްވާ މި ކޭމްޕް އޮންނާނީ  އޯގަސްޓް މަހުގެ 19 އަދި 20  ވަނަ ދުވަހުގެ ހަވީރު 4:00 އިން 6:00 އަށެވެ. މި ކޭމްޕްގައި ބައިވެރިވާ ފަރާތްތަކުގެ ޞިއްޙީ ޙާލަތު ބެލުމަށްޓަކައި އެ...

މާއުނގޫދޫ ކައުންސިލްގެ އިންޓާންޝިޕް ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު
Thiladhunmathi News

މާއުނގޫދޫ ކައުންސިލްގެ އިންޓާންޝިޕް ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު

ށ.މާއުނގޫދޫ ކައުންސިލްގެ އިންޓާންޝިޕް ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މި ޕްރޮގްރާމްގެ މަޤްޞަދަކީ އެ ރަށުގައި ދިރިއުޅޭ ފަރާތްތަކުގެ ފަންނީ ފެންވަރު މަތިކުރުމުގެ ގޮތުން، ރަށުގެ ޒުވާނުންނާއި ސްކޫލް ނިންމާ ކުދިންނަށް މަސައްކަތުގެ ތަޖުރިބާ ހޯދައިދިނުމާއި ވަޒީފާގެ މާޙައުލަށް އަހުލުވެރި ކުރުވުން ކަމުގައި އެ ކައުންސިލުން ބުނެއެވެ. މާއުނގޫދޫ ކައުންސިލުން ބުނިގޮތުގައި މި އިންޓާންޝިޕް ޕްރޮގްރާމްގައި ތަފާތު އެކިއެކި ދާއިރާކުން އިންޓާނުން ތަމްރީނު ވެވިގެން ދާނެއެވެ. ހަތަރު މަސްދުވަހަ...