ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންގެ ވަފްދެއް، ޗައިނާ އަށް ފުރާވަޑައިގެންފިއެވެ.
މަޖިލީހުގެ ވަފުދެއް ޗައިނާއަށް ފުރާވަޑައިގެންނެވީ އެ ގައުމުގައި ބާއްވާ އަށް ވަނަ ސައުތު އެކްސްޕޯގައި ބައިވެރިވެވަޑައިގަތުމަށެވެ.
މި އެކްސްޕޯ އަށް ވަޑައިގެންނެވި މަޖިލިހުގެ ވަފްދުގައި ހިމެނިވަޑައިގަންނަވަނީ މަޖިލިހުގެ ނައިބު ރައީސް، ދިއްގަރު ދާއިރާގެ ޕީއެންސީގެ މެމްބަރު އަހުމަދު ނާޒިމާއި ވެރިކަން ކުރާ، މައި ޕާޓީ ޕީއެންސީގެ ތިން މެމްބަރުންނާއި އިދިކޮޅު އެމްޑީޕީގެ މެމްބަރެކެވެ.
ވަފުދުގައި ހިމެނިވަޑައިގަންނަވާ މެމްބަރުން
ދިއްގަރު ދާއިރާގެ ޕީއެންސީގެ މެމްބަރު އަހުމަދު ނާޒިމް
ވައިކަރަދޫ ދައިރާގެ އެމްޑީޕީގެ މެމްބަރު ހުސެއިން ޒިޔާދު
މާފަންނު ދެކުނު ދާއިރާގެ ޕީއެންސީގެ މެމްބަރު އަބްދުالله ރިފާއު
ފޭދޫ ދެކުނު ދާއިރާގެ ޕީއެންސީގެ މެމްބަރު އިބްރާހީމްދީދީ
މިލަންދޫ ދާއިރާގެ ޕީއެންސީގެ މެމްބަރު ހަސަން މުފީދު
އަށް ވަނަ ސައުތު އޭޝިއާ އެކްސްޕޯ ބޭއްވުމަށް ހަމަޖެހިފައިވަނީ ޗައިނާގެ ޔުނާން ޕްރޮވިންސުގައި ކުންމިންގައި އަންނަ އަންގާރަ ދުވަހުއެވެ.
މަޖިލިހުގެ ވަފުދެއް ޗައިނާއަށް ފުރާވަޑައިގެންފައިވާއިރު، ސަރުކާރުގެ ތިން ވަޒީރަކުވެސް މިއަދު ވަނީ ޗައިނާއަށް ފުރާވަޑައިގެންފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!